logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރަސްފަންނުން އެކަނި 279 ކިލޯގެ ކުނި، ގިނައީ ޕްލާސްޓިކް

މާލޭގައި މީހުން މޫދަށް އެރެން އޮތް ތިން ތަނުގެ ތެރެއިން ހަމަ އެކަނި ރަސްފަންނު ސަރަހައްދު އިއްޔެ ސާފުކޮށްލުމުން 270 ކިލޯއަށް ވުރެ ގިނަ ކުނި ނެގިއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލް، ވެމްމޯ، ޑައިވް ޑެސްކް އަދި ބިދަބިން  ގުޅިގެން ރަސްފަންނު ސާފުކުރަން އިއްޔެ ހިންގި ހަރަކާތުގައި ނެގި ކުނީގެ ތެރޭގައި ގިނައީ ޕްލާސްްޓިކެވެ. އެ ހަރަކާތަށް ފަހު ޑައިވްޑެސްކުން އާއްމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން އެންމެ ހަތަރު ގަޑިއިރަށް ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ރަސްފަންނުގެ ގޮނޑުދޮށާއި މޫސުން ނެގި ކުނީގެ ތެރޭގައި އެކި ބާވަތުގެ ޕްލާސްޓިލްގެ 1،673 ކޮތަޅު ހިމެނެ އެވެ.

ރަސްފަންނުން ނެގި ކުނީގެ ތަފްސީލު

  • ޕްލާސްޓިކް ކޮތަޅު: 1،673
  • ޕްލާސްޓިކް ފުޅި: 84.1 ކިލޯ
  • މަސްވެރިކަމުގެ ސާމާނު: 36.6 ކިލޯ
  • ފުޅިމަދު: 4ކިލޯ
  • ކަރުދާސް: 19 ކިލޯ
  • ފޮތި:32.5 ކިލޯ
  • އެލުމިނިއަމް ދަޅު: 12 ކިލޯ
  • ލަކުޑި: 36.5 ކިލޯ
  • ބިއްލޫރި: 13.5 ކިލޯ
  • ރަބަރު: 3ކިލޯ
  • ދަގަނޑު: 4.5 ކިލޯ

ރަސްފަންނު ސާފުކުރަން އިއްޔެ ހެނދުނު 8:00 އިން މެންދުރު 12:00 އަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވީ 40 ފަރާތެކެވެ. އެހަރަކާތުގައި އިސްކޮށް އުޅުނު ޑައިވް ޑެސްކަކީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުގައި އެފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ބައެކެވެ.

ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށް ވާއިރު، ރާއްޖޭގެ ކަނޑުފަޅު ސާފުކޮށް ބޭއްވުމަކީ އެ ސިނާއަތަށް ވެސް މުހިއްމު ކަމެކެވެ. އެހެން ނަމަވެސް ކަނޑުފަޅާއި ގޮނޑޮދޮށަށް ކުނި އެޅުމުގެ ނުބައި އާދަ ރާއްޖޭގައި އަދިވެސް ވަރަށް ބޮޑަށް އެބަ އޮތެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *