logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އިންތިހާބަށް ފަހު ތިނަދުއަށް އަންނާނީ ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތަށް: ރައީސް

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު ގދ. ތިނަދުއަށް ވަޑައިގަންނަވާނީ އެރަށް ސިޓީއަކަށް ބަދަލުކުރުމުގެ ރަސްމީޔާތަށް ކަމަށް ރައީސް  އިބުރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެންޕެއިން ކުރެއްވުމަށް ގދ. ތިނަދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ފަހު ލަސްތަކެއް ނުވެ، އެ ރަށް ސިޓީއަކަށް ބަދަލުކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށެވެ. ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ނިމޭ އިރު ސިޓީއަކަށް ބަދަލުވުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ތިނަދޫގައި ހުންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވީޔާ މި އިންތިހާބައްފަހު ލަސްތަކެއްނުވެ މިރަށް ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަޅުގަނޑު އަންނާނަން." ރައިސް ވިދާޅުވިއެވެ.

ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް ޓަކައި އިތުރަށް ކުރަން ޖެހޭ ކަންތައްތަކުގެ މައުލޫމާތާއި އާބާދީގެ ތަފްސީލު ވެސް ސަރުކާރާ ހިއްސާކުރަން އެރަށު ކައުންސިލުގައި މިއަދު އެދިވަޑައިގެންފައި ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ތިނަދޫ ދާއިރާގެ މެންބަރުންނާއި ކައުންސިލު ތަކުގެ ރައީސުންނާ ބައްދަލުކުރެއްވި އިރު ހުށަހަޅާފައިވާ ބައެއް ކަންކަން އެބަހުރިކަމާ، އެކަންކަން ކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބޮޑުއާބާދީއެއްް އޮންނަ ތިނަދޫ ސިޓީއަކަށް ބަދަޅު ކުރުމަށް އެރަށު ކައުންސިލުން މީގެ ކުރިން ވެސް ވަނީ އެދިފައެވެ. ތިނަދޫ ކައުންސިލް ބުނާގޮތުގައި އެރަށް ސިޓީއަކަށް ބަދަލުކުރުމަށް ފުރިހަމަވާން ޖެހޭ ހުރިހާކަމެއް އެރަށުގައި އެބަހުއްޓެވެ. މިސަރުކާރުން ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް އަންނަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް އެރަށުގައި 211 މިލިއަން ރުފިޔާގެ އެކި ޕްރޮޖެކްޓުތައް ދަނީ ކުރިޔަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *