logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024
ކަލައިދުއާއި ދަނބިދުއާ ދެމެދު އޮންނަ ފަޅު

ދަނބިދޫ ކަލައިދުއާ ގުޅައިލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ލ. އިސްދޫ-ކަލައިދޫއާ އެއް ފަޅެއްގައި އޮންނަ އެއަތޮޅު ދަނބިދޫ، ކަލައިދުއާ ގުޅައިލުމުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ލ. ކަލައިދޫ އާ ދަނބިދޫ ގުޅުވާލުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް ޓަކައި ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

އެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރީ 156 މިލިއަން ރުފިޔާގެ އަގަށް 550 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާގޮތަށެވެ.

ދަނބިދޫ ކަލައިދުއާ ގުޅައިލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެކަމަކު ސަރުކާރުން އެ މަސައްކަތް ނުފަށައި، އޮއްވާ ށ.ކޮމަންޑުއާއި އެރަށާ އިންވެގެން އޮންނަ މަތިކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ފެށުުމުން ކަލައިދޫގެ ބައެއް މީހުން އެކަމާ ނުރުހުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރި އެވެ. ކަލައިދުއާ ދަނބިދުއާ ދެމެދު އޮންނަނީ ތިލަ ފަޅު ކަމަށް ވިޔަސް، އެ ދެރަށުގެ ދެމެދުގައި އެއް ކިލޯމީޓަރުގެ ދުރުމިން ހުރެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *