logo minivan

English

ހޮނިހިރު, 27 ޖުލައި 2024
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހަސަން އަމްރު، އޭނާ ވިދާޅުވީ ނަޝީދުގެ ކެމްޕޭނުގައި އުޅުއްވިޔަސް އެސްޓީއޯގެ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ކަމަށް

ނަޝީދަށް ތާއީދު ކުރިޔަސް އެސްޓީއޯގެ މަސައްކަތް މަޑުނުޖެހޭނެ ވާހަކަ ރައީސަށް ދެންނެވިން: އަމްރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި ވަޑައިގެންނެވި ނަމަވެސް އެސްޓީއޯގެ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވާފައި ވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުއްޖެ އެވެ.

އަމްރު މިހެން ވިދާޅުވީ ރައީސް ސޯލިހު މިއަދު ގދ. ތިނަދޫގައި ދެއްކެވި ވާހަކަފުޅަކީ އޭނާއަށް ދިން އިންޒާރެއް ކަމަށް ތަރުޖަމާކޮށް ނޫހެއްގައި ލިޔެފައިވާ ޚަބަރަކާ އެކު ކުރެއްވި ޓްވީޓެއްގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ގދ. ތިނަދޫގައި މިއަދު ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއިން ތިނަދޫގައި ކުރަން ހުރި މަސައްކަތްތައް ފަށަން ސަރުކާރުން އަންނަނީ ތައްޔާރުވަމުން ކަމަށާއި އެ މަސައްކަތައް ކުރަނީ އެސްޓީއޯއާއި މިފްކޯއާ ހަވާލުކޮށްގެން ކަމަށެވެ. އެ ދެކުންފުނިން އެ މަސައްކަތްތައް ކޮށްފާނެތޯ ނުވަތަ މަޑުޖެހިދާނެތޯ ބައެއް ބޭފުޅުންނަށް މިހާރު ސުވާލު އުފެދިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދަންނަވަންތޯ، ސަރުކާރުގެ ސިޔާސަތެއް ތަންފީޒުކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން، އެއްވެސް ކުންފުންޏަކުން ފަހެއް ނުޖެހޭނެ. އެކަންތައްތައް އަޅުގަނޑުމެން ކުރާނަން އަދި ކުރެވޭ ގޮތަށް އެކަންތައްތައް އަޅުގަނޑުމެން ބަދަލުކުރަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

ސަރުކާުރުގެ ސިޔާސަތު ތަންފީޒުނުވާ ނަމަ ގެންނަން ޖެހޭ ބަދަލު ގެންނާނަން: ރައީސް

ރައީސްގެ އެވާހަކަފުޅު ބައެއް މީޑިއާތަކުން ރިޕޯޓް ކުރީ އެއީ އެސްޓީއޯގެ އެމްޑީ ހުސައިން އަމްރަށް ދެއްވި އިންޒާރެއް ކަމަށް ތަރުޖަމާކޮށްގެންނެވެ.

"އަޅުގަނޑު ރައީސް ނަޝީދާއެކު ކެމްޕޭނަށް ދިޔުމުގެ ކުރިން ރައީސުލް ޖުމްހޫރިއްޔާ އަށް އަޅުގަޑު ދާ ވާހަކައާ، ދާ ސަބަބާ އަދި ޕާޓީ އެތެރޭގެ އިންތިޚާބުގަ ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ދެންނެވިން،" އެ ޚަބަރާ އެކު ކުރެއްވި ޓްވީޓެއްގައި އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްޓީއޯއިން ކުރަމުން އަންނަނީ ގައުމީ މަސައްކަތެއް ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ދޭ ހިދުމަތެއް ކަމަށެވެ.

" އެސްޓީއޯ އިން ކުރަމުން ގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ބާރަށް ކުރިޔަށް ދާނެ" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނަޝީދު ކުރައްވާ ކެމްޕޭނުގައި އަމްރު ބައިވެރިވެވަޑައިގަންނަވަން ފެށްޓެވީ ދާދި ފަހުންނެވެ. އޭނާގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް އެހެން ބޭފުޅުން ވެސް އަންނީ ނަޝީދުގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިގްރޫޕްކަށް ނަޝީދެއް ދުލެއް ނުކުރެވޭނެއެވެ. މިއީ ހިނދުކޮޅު ގްރޫޕްގެ މެންބަރެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *