logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިން ޔުނިޓް ގެ ބިންގާ އަޅައިފި

ޅ. ހިންނަވަރުގައި އިމާރާތް ކުރާ 50 ރޯހައުސް އާއި 50 ހައުސިން ޔުނިޓް ގެ ބިންގާ އަޅައިފިއެވެ.

ހިންނަވަރުފގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި  މި ރޯހައުސްތަކާއި ހައުސިންގ ޔުނިޓުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން އެރަށު ކައުންސިލް މެމްބަރުންނެވެ.

ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓު އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލު ކޮށްފައި ވަނީ 83.8 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 365 ދުވަހު މަސައްކަތް ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގައި 1000، އަކަފުޓާއި 700، އަކަފޫޓުގެ ރޯހައުސް އިމާރާތް ކުރާނެއެވެ. 1،000 އަކަފޫޓުގެ 50 ރޯހައުސް އަދި 700 އަކަފުޓޫގެ ވެސް 50 ރޯހައުސް އިމާރާތް ކުރެވިގެން ދާނެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *