logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024
އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ ކުށެއްނެތް އެތައް ބަޔަކު މަރަމުން ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ފަލަސްތީނުގެ އިތުރު މީހަކު މަރާލައިފި

އިސްރާއީލުން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ފިރިހެނަކު ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އުމުރުން 42 އަހަރުގެ ތާރިގު މާލީ މަރާލާފައިވަނީ ރާމަﷲ ސިޓީގައި ކަމަށާއި އޭނާ މަރުވީ ފަލަސްތީނުގެ އަވަށެއް ކަމަށްވާ ކަފްރް ނާމާ ކައިރީގައި އިސްރާއީލު ސިފައިން އޭނާގެ ގަޔަށް ބަޑި ޖެހުމުން ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ސެކިއުރިޓީ ކެމެރާ ފުޓޭޖް އާންމުކޮށްފައިވާ އިރު، ޔަހޫދީ ސްޑޭ އެފްރައިމް ދަނޑުގެ ދޮރުމަތިން މީހަކު ދުވެފައި ގޮސް، އިތުރަށް ކުރިއަށް ދާން އުޅުމުގެ ތެރޭގައި އިޒްރޭލު މީހަކު ބަޑިޖަހާ މަންޒަރު ފެނެއެވެ. އަދި އިޒްރޭލުގެ ވަޒަންވެރިއަކަށް ވަޅިން ހަމަލާދޭން އުޅުމުން އެ މީހާ "ނިއުޓްރަލައިޒް" ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޖެނިން ރެފިއުޖީ ކޭމްޕްގައި އުމުރުން ހަ ކުދިންގެ ބައްޕަ އަދި އެ ގައުމުގެ ސްކޫލެއްގެ ޓީޗަރެއް ކަމަށްވާ އުމުރުން 57 އަހަރުގެ ޖަވާދު ފަރީދު ބަވަކްނޭހް ވަނީ މަރާލާފައެވެ. މީގެ އިތުރުން ޖެނިން ބްރިގޭޑްސް އާމްޑް ރެސިސްޓެންސް ގްރޫޕްގައި މަސައްކަތްކުރާ އުމުރުން 28 އަހަރުގެ އަދަމް ޖަބަރީން ވެސް ވަނީ ބަޑިޖަހައި މަރާލާފައެވެ.

ބެންޖަމިން ނަތަންޔާހޫ އިސްވެ ހުންނަވައިގެން އުފައްދާފައިވާ ކަނާތު ފިޔައިގެ ސަރުކާރު ޑިސެމްބަރު މަހު އިފްތިތާހު ކުރުމާ އެކު، ފަލަސްތީނުގެ ބިމުގައި އަސްކަރީ ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

އދ އިން ބުނީ 2022 ވަނަ އަހަރަކީ 2006 ވަނަ އަހަރަށް ފަހު ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަހަރު ކަމަށެވެ. މިދިޔަ އަހަރު އެ ސަރަހައްދުގައި މަރުވި ފަލަސްތީނުގެ 171 މީހުންގެ ތެރޭގައި 30 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ އިރު، ފަލަސްތީނުގެ އިތުރު 9،000 މީހުން ވަނީ ޒަހަމްވެފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *