logo minivan

English

ހޮނިހިރު, 27 ޖުލައި 2024
Mausoom

ޓޫރިސްޓުން އިޖުތިމާއީ މިންގަނޑާ ހިލާފުވަނީ މައުލޫމާތު ނުދޭތީ: މައުސޫމު

މީހުން އުޅޭ ރަށްރަށަށް އަންނަ ޓޫރިސްޓުން، ރާއްޖޭގެ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ މައްސަލަ ދިމާވަނީ ޓޫރިސްޓުންނަށް ދޭން ޖެހޭ މައުލޫމާތު ރަނގަޅަށް ނުދޭތީ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު ރޭ ވިދާޅުވީ ޓޫރިސްޓުންނަކީ "ވަރަށް ބަސްއަހާ ބައެއް" ކަމަށާއި ރޮނގެއް އަޅާފައި ހުރަސް ނުކުރަން ބުނެފި ނަމަ އެ ރޮނގެއް ހުރަސް ނުކުރާނެ ކަމަށެވެ. އެހެންވީމާ ޓޫރިސްޓު ވިޔަފާރިތަކާއި ރަށްރަށުގެ ކައުންސިލުން ވެސް އެމީހުންނަށް މައުލޫމާތު ދޭން ޖެހޭ ކަމަށާއި މައްސަލަ ދިމާވަނީ މައުލޫމާތު ނުދެވޭތީ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ޓޫރިސްޓު ފެސިލިޓީއަކުން ވެސްް އެ މައުލޫމާތު ދޭން ޖެހޭނެ. ޓޫރިސްޓުންނަށް އެެ މައުލޫމާތު ނުދޭތީ ޓޫރިސްޓު ގޯހެއް ހަދަނީ،" މައުސޫމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިސްޓުން ގޯހެއް ހެދީމާ އޭގެ ނޭދެވޭ އަސަރު އެންމެނަށް ވެސް ކުރާ ކަަމަށާއި ޓޫރިސްޓް ހޮޓާ ތަކާއި ގެސްޓްހައުސް އަދި އެ ދާއިރާގެ ހުރިހާ ތަންތަނަކުން ވެސް ޓޫރިސްޓުންނަށް ރަނގަޅު މައުލޫމާތު ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ހުރިހާ ގައުމެއްގައި ވެސް ހިންގަނީ އަންޓަ ޓޫރިސްޓުން ކޮމިއުނިޓީގެ މިންގަނޑުތަކަށް ފެތިގެން އުޅޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މީހުން އުޅޭ ރަށްރަށަށް ދާ ޓޫރިސްޓުން އެރަށެއްގެ އާދަކާދަޔާ އެއްގޮތަށް އުފަލާ އެކު ދާނެ އެެވެ. އަދި އެމީހުންނަށް ވަކި ހާއްސަ ގޮތްތަކެއް އެކަންކަމުގައި ހަމަޖައްސައިދޭކަށް ވެސް ނުޖެހޭނެ އެވެ.

"އެހެންވީމާ އެ މައުލޫމާތު ދޭންވީ، ކައުންސިލްތަކުން ވަރަށް  ފުރިހަމައަށް އެއްބާރުލުން ލިބޭ. ހޮޓާ ގެސްޓްހައުސްތަކުން ވެސް އެއްބާރުލުން ލިބޭ. އެކަމަކު ހުރިހާ ތަނަކުން އެ އެއްބާރުލުން ލިބުނީމާ މީތި ސަތޭކަޕަސެންޓް ސްމޫތުވާނީ،" މައުސޫމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިސްޓުންނަށް މައުލޫމާތު ނުލިބޭ ކަމަށް އެމީހުން ބުނާ ކަމަށާއި އެހެންވީމާ މައުލޫމާތު ދެވޭނެ ފުރިހަމަ އިންތިޒާމްތައް ހަަމަޖައްސަން ޖެހޭ ކަމަށެވެ، ރަށުތެރޭގައި ބޯޑުތައް ޖެހުމާއި ހޮޓާ ގެސްޓްހައުސް ފަދަ ތަންތަނަށް އެމީހުން ޗެކިން ވާއިރު މައުލޫމާތު ދިނުމަކީ އެގޮތުން ކުރެވިދާނެ ކަންތައްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލޯކަލް ޓޫރިޒަމް ކުރިއަށް ދާން ޖެހޭނީ މުޖުތަމައުގެ އެންމެންނަށް ވެސް އުފާވެރިކަން ލިބޭ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *