logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރަޝިޔާއިން ޔޫކްރޭންއަށް ދިން ހަމަލާއެއްގައި އިމާރާތެއް ބިމާ ހަމަކޮށްލާފައި

ޕޮލެންޑުން ޔޫކްރޭނަށް ޓޭންކް ފޮނުވަން ޖަރުމަނުން ހުރަހެއް ނާޅާނެ

ރަޝިޔާގެ ހަމަލާތަކާއި ދެކޮޅަށް އެހީތެރިވުމުގެ ގޮތުން ޖަރުމަނުވިލާތުން އުފައްދާފައިވާ ލެޕާޑް ޓޭންކްތައް ޔޫކްރެއިންއަށް ފޮނުވުމުގެ ހުއްދަ ޕޮލެންޑަށް ދޭން ތައްޔާރަށް އޮތް ކަމަށް ޖަރުމަނުގެ ހާރިޖީ ވަޒީރު އެނަލީނާ ބެއާބޮކް ވިދާޅުވެއްޖެއެވެ.

ޕެރިހުގައި ބޭއްވި ފްރާންކޯ-ޖަރުމަނު ސަމިޓަށް ފަހު އާދީއްތަ ދުވަހު އެލްސީއައި ޓީވީއަށް ދިން އިންޓަވިއުއެއްގައި ބެއާބޮކް ވިދާޅުވީ އެ ސުވާލު ކޮށްފިނަމަ އެކަމަށް ހުރަހެއް ނާޅާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ މި ޓޭންކްތަކަކީ ކިހާ މުހިންމު ޓޭންކްތަކެއްކަން، އެހެންވެ މިހާރު ޕާޓްނަރުންނާ އެކު މިކަމާ މަޝްވަރާ ކުރަމުން މިދަނީ. ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް، ޔޫކްރެއިންގެ ސަރަޙައްދު މިނިވަންކުރަން އެބަޖެހޭ." އޭނާ ވިދާޅުވިއެވެ.  ލައިސަންސް އެއްބަސްވުމުގެ ދަށުން ޖަރުމަނުގެ ހުއްދަ ނެތި އެ ގައުމުން އުފައްދާފައިވާ ޓޭންކްތައް އެހެން ގައުމުތަކަށް ނުފޮނުވޭނެއެވެ.

ރަޝިޔާ ސިފައިންނާ ދެކޮޅަށް ދިފާއީ ހަނގުރާމައަށް ހުޅަނގުން ފަރުމާކޮށްފައިވާ މައި ހަނގުރާމައިގެ ޓޭންކެއް މިހާތަނަށް ޔޫކްރޭނަށް ފޯރުކޮށްދީފައެއް ނުވެއެވެ. ޔޫކްރެއިންއިން ތަކުރާރުކޮށް ގޮވާލަމުން ދަނީ ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ އެ ގައުމަށް އިތުރު އަދި އަވަސް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. "ލަސްވާ ކޮންމެ ދުވަހަކީ ޔޫކްރެއިން މީހުން މަރުވާ ދުވަހެވެ، އަވަހަށް ވިސްނާލާ،" ޔޫކްރެއިންގެ ރިޔާސީ އެޑްވައިޒަރު މައިކައިލޯ ޕޮޑޮލްޔަކް ހޮނިހިރު ދުވަހު ވިދާޅުވިއެވެ.

ޖަރުމަނުވިލާތުގައި ހުންނަ އެމެރިކާގެ ރަމްސްޓެއިން އެއާ ބޭސްގައި 50 ގައުމަކުން ބައްދަލުކޮށް، އާމާޑް ވެހިކަލްތަކާއި ހަތިޔާރު ހިމެނޭ ގޮތަށް އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ ހާޑްވެއާ ކިއެވްއަށް ފޯރުކޮށްދޭން ވަނީ އެއްބަސްވެފައެވެ.

ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މޮޑެލްތަކުގެ ތެރޭގައި ހިމެނޭ "ލެޕާޑް 2″ ކޮމްބެޓް ޓޭންކްތައް ޑެލިވަރީ ކުރުމާ މެދު ޖަރުމަނުން ނިންމި ނިންމުން ހަގީގަތަކަށް ނުވި އެވެ. ޕްރެޝަރުތަކާއި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ޖަރުމަނުން ބުނީ ޖަރުމަނުގައި އުފައްދާފައިވާ ޓޭންކްތައް ޔޫކްރޭނަށް ބަދަލުކުރުމުގެ ހުއްދަ ޔޫރަޕްގެ އެހެން ގައުމުތަކަށް ދިނުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ޕޮލެންޑުން 14 ލެޕާޑް ޓޭންކް، ޔޫކްރޭނަށް ފޯރުކޮށްދޭން ތައްޔާރަށް އޮތްކަން އިއުލާނުކޮށްފައިވާއިރު، ބޮޑުވަޒީރު މަޓިއުޒް މޮރަވިއެކީ އާދީއްތަ ދުވަހު ވިދާޅުވީ ލެޕާޑްސް ހުރި ގައުމުތަކަށް އެ ޓޭންކްތައް ޔޫކްރެއިންއަށް ބަދަލުކުރެވިދާނެތޯ ބާލިންގެ "ސާފު ބަޔާނަކަށް" އިންތިޒާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ ކުރިން އާދީއްތަ ދުވަހު ޖަރުމަނުގެ ޗާންސެލާ އޮލަފް ޝޯލްޒް ވިދާޅުވީ ހަތިޔާރު ޑެލިވަރީ ކުރުމާ ގުޅޭ ހުރިހާ ނިންމުމެއް ނިންމާނީ އެމެރިކާ ހިމެނޭ ގޮތަށް އެކުވެރި ގައުމުތަކާ ގުޅިގެން ކަމަށެވެ.

ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާ ދެމެދު ތާރީހީ މުއާހަދާއެއްގައި ސޮއިކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ޕެރިހަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަދައްކަވަމުން ޝޮލްޒް ވިދާޅުވީ މީގެ ކުރިންވެސް ޖަރުމަނުން އަމަލުކުރަމުން އައީ "ރަހުމަތްތެރިންނާއި އެކުވެރިންނާ ވަރަށް ގާތުން ގުޅިގެން" ކަމަށެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވީ، ފްރާންސްގެ މައި ހަނގުރާމައިގެ ޓޭންކް ކަމަށްވާ ލެކްލާކް ޓޭންކްތައް ޔޫކްރެއިންއަށް ފޮނުވުމުގެ ފުރުސަތަށް އިންކާރު ނުކުރައްވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *