logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ރަށްރަށުގައި ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދިނީ ރައީސް ސޯލިހުގެ ތާއީދާއެކު ރައީސް މައުމޫނުގެ ވެރިކަމުގަ!

މާލެއާއި ހުޅުމާލެ ފިޔަވާ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދިނީ ރައީސް ސޯލިހުގެ ތާއީދާއެކު ރައީސް މައުމޫނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރަކުންނެވެ. 7 ޖުލައި 2008 ވަނަ އަހަރު މި ޤަރާރު މަޖިލީހަށް ހުށައެޅުއްވީ މާލޭ މެމްބަރު މުހައްމަދު ޝިހާބެވެ. މި ޤަރާރު ފާސްކުރަން އެންމެ ބޮޑަށް ވަކާލާތުކުރެއްވީ އޭރު ޅ. އަތޮޅު މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ހައްދުންމަތީގެ އޭރުގެ މެމްބަރު މޫސާ މަނިކެވެ.

މި ޤަރާރު ފާސްކުރީ މަޖިލީހަށް ހާޒިރުވި 33 މެމްބަރުންގެ ތެރެއިން 32 މީހުންގެ ވޯޓާއެކުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެ ރައީސް ސޯލިހާއި ރައީސް ނަޝީދު އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު ދާދި ފަހުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ގެސްޓްހައުސްގެ ސިޔާސަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ތަޢާރަފްކުރެއްވި ސިޔާސަތެއް ކަމަށާއި އެކަމުގެ ފައިދާ މިއަދު ގިޔަ ބަޔަކަށް ކުރަމުންގެންދާ ކަމަށެވެ.

މިކަމަށް ރައްދު ދެއްވީ ރައީސް ސޯލިހެވެ. ރައީސް ސޯލިހު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގަން ހުއްދަދިނީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *