logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ

ކާރިސާތަކުން އަރައިގަންނަން ބައިނަލްއަގްވާމީ އެހީ ބޭނުންވޭ: ހަސީނާ

ކޮވިޑް-19 އާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ބަންގްލަދޭޝް ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ ކާރިސާތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ އެހެން ޖަމާއަތްތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ގޮވާލައްވައިފިއެވެ.

ހަސީނާ އެކަމަށް ގޮވާލައްވާފައިވަނީ ވޯލްޑް ބޭންކުގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ފޯ އޮޕަރޭޝަންސް އެކްސެލް ވެން ޓްރޮޓްސަންބާގް އެކު އެކަމަނާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. "ބަންގްލަދޭޝް ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑް-19 ގެ ބަލިމަޑުކަމާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ކާރިސާއިން އަރައިގަތުމަށް އެހީތެރިވެދޭށޭ،" ހަސީނާއާ ހަވާލާދެއްވައި ބޮޑުވަޒީރުގެ ސްޕީޗް ރައިޓަރު އެމް ނަޒްރުލް އިސްލާމް ވިދާޅުވިއެވެ.

ޓްރޮޓްސެންބާގް ވަނީ ބަންގްލަދޭޝްގެ ތަރައްގީ އަކީ ގަބޫލު ނުކުރެވޭ ވަރުގެ ކުރިއެރުމެއް ގޮތުގައި ސިފަކުރައްވާފައެވެ. ބަންގްލަދޭޝްގެ ތަރައްގީގައި އެ ގައުމާއެކު އޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި ގައުމުގެ ތަރައްގީއަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދެމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. ހަސީނާ ވިދާޅުވީ ބަންގްލަދޭޝްގެ ބޮލަކަށް ޖެހޭ އާމްދަނީ ހުރީ އެންމެ 50 ޑޮލަރަށް ކަމަށާއި މިހާރު އެ އަދަދު ވަނީ 2،824 ޑޮލަރަށް އިތުރުވެފައި ކަމަށެވެ.

ބައިނަލްއަގްވާމީ އެހީއަށް ބޭނުންވާ ކަމަށް ހަސީނާ ވިދާޅުވެފައިވާއިރ،ު ކާބޯތަކެތީގެ ބާވަތްތައް އުފައްދާ މިންވަރު އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށާއި ކަރަންޓާއި ރައްޔިތުންގެ ފައިސާ ބޭނުންކުރުމުގައި ހަރުދަނާކަން އިސްކުރުމަށް އެކަމަނާ ވަނީ ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ޑެޕިއުޓީ ކޮމިޝަނަރުންނަށް ބައްދަލުވުމުގައި ކޮމިޝަނަރުންނަށް އިރުޝާދު ދެއްވާފައެވެ. ބަންގްލަދޭޝުން އަމާޒު ހިފާފައިވަނީ 2041 ވަނަ އަހަރުގެ ކުރިން "ސްމާޓް ބަންގްލަދޭޝް" އެއް ބިނާކުރުމެވެ.

ކާބޯތަކެތީގެ ބާވަތްތައް އުފައްދާ މިންވަރު އިތުރުކުރުމަށް ޓަކައި ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ އެވެ. އެއްވެސް ބިމެއް އެއްވެސް ތަނެއްގައި ބޭނުން ނުކޮށް ތިބެގެން ނުވާނެ….ބަނގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަން ނުކުރާ ބިންތައް އެބަހުރި، އެ ބިންތައް ދަނޑުވެރިކަމަށް އެކަށީގެންވާ ކުރެވިއްޖެނަމަ ކާބޯތަކެތި އުފެއްދުމާއި ޑައިވަސިފިކޭޝަނުގައި އެއްވެސް މައްސަލައެއް ނޯންނާނެ،" އެކަމަނާގެ ފުރަތަމަ އިރުޝާދުގައި ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *