logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރަން ގޮވާލައި ރޭ ކުރި މުޒާހަރާގައި މާލޭގެ މޭޔަރު މުހައްމަދު މުއިއްޒާއި އިދިކޮޅު އެހެން ލީޑަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ޕީޕީއެމް

އާޓިފިޝަލް ބީޗުގައި ރައީސް ނަޝީދު ބާއްވާ ޖަލްސާގެ ހާޒިރީން އިތުރުކުރުމަށް އިދިކޮޅު ކޯޅިޝަނުން މަސައްކަތްކުރަނީ

އާޓިފިޝަލް ބީޗްގައި ރައީސް ނަޝިދު ބާއްވާ ކެމްޕެއިން ޖަލްސާގައި ބައިވެރިވުމަށް ޕީ.ޕީ.އެމް ގެ މާލޭ އާދެވެންތިބި ބައެއް މެންބަރުން މާލެއައުމަށް އެޕާޓީގެ ލީޑަރޝިޕްގެ ބައެއްފަރާތްތަކުން ބާރުއަޅަމުންދާކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ،

މިކަމާގުޅިގެން މާލެ ކައިރި ބައެއް ރަށްރަށުން މިކަމުގެ ހަގީގަތްބެލުމަށް ކުރި މަސައްކަތުން މިކަމަކީ ވަރަށް ރޭވުންތެރިކަމާއެކު ޕީ.ޕީ.އެމް ގެ އިސްވެރިންގެ ލަފާގެ މަތިން ކުރަމުންގެންދާކަމެއްކަން ވަނީ އެނގިފައެވެ. ރައީސް ނަޝީދުގެ އިވެންޓްގައި ބައިވެރިވާ މީހުން ގިނަކުރުމަކީ ޕީ.ޕީ.އެމް އިން ވެރިކަމަށް އައުމަށް ކުރަމުންދާ މަސައްކަތުގައި ވަރަށް މުޙިއްމު ކަމެއްކަން ވިސްނައިދިނުމުގެ އިތުރަށް އެމް.ޑީ.ޕީ އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ތިބި ޕީ.ޕީ.އެމް އަށް ވަފާތެރި ޕީ.ޕީ.އެމް ފިކުރުގެ މެމްބަރުންނަކީ ކޮބައިތޯ ބަލައި އެމެންބަރުންގެ ވޯޓް ރައީސް ނަޝީދަށް ކޮންމެހެންވެސް ހޯދައިދިނުމަށް އެފަރާތްތަކުން އިރުޝާދު ދެމުނެގެންދާކަން ވަނީ ހާމަވެފައެވެ.

އަދި ހަމަ މާދަމާރޭ ފުވައްމުލަކުގައި ރައީސް ނަޝީދު ބާއްވާ ޖަލްސާއަށް އެރަށުގެ ޕީ.ޕީ.އެމް އަށް ނިސްބަތްވާ ފަރާތްތަކުން މީހުން ނިކުތުމަށް އިރުޝާދު ދެމުންދާކަމަށްވެސް އެރަށުން ވާހަކަދެއްކި ފަރާތަކުން މި ނޫހަށްވަނީ މައުލޫމާތު ދީފައެވެ.

ރައީސް ނަޝީދަށް ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެ ނަމަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ލިބޭނީ ހަމައެކަނި އެމް.ޑީ.ޕީ ފިކުރަށް ތާއިދުކުރާ މީހުންގެ ވޯޓް އެކަނިކަމަށް، ރާއްޖޭގެ ސިޔާސީމައިދާނުގައި ޙަރަކާތްތެރިވާ ވަރަށްގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންކަމުން މިކަމަކީ ކުރިއަށް މި އޮތް ރިޔާސީ އިންތިހާބް ކާމިޔާބުކުރުމުގައި އެއްމެ ފަސޭހަ ޔަގީން ފޯމިއުލާއެއް ހޯދުމަށް އިދިކޮޅުން ކުރަމުންގެންދާ މަސައްކަތުގެ ބައެއްކަމުގައި ބެލެވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތީ ވަރަށް ރިސްކީ އައިޑިއައެއް ސަބަބަކީ، ނަސީދު ޕުރައިމަރީ ކާމިޔާބު ކޮއްފިއްޔާ، އިބޫ ކައިރީގަތިބި ކަޓްލިބޭ ބަޔަކު މަޑުކުރިނަމަވެސް އާންމު މެންބަރުންގެ ގިނަބަޔަކު އައްނި ފަހަތަށްއަރާނެ، އަދި ނިއުޓުރަލްގެވެސް ބޮޑު ބައެއް އުޅޭނެ އައްނިއަށް ވޯޓްދޭނެ، ސަބަބަކީ ޔާމިންއަށް ވޯޓްނުދިނުމާ، އެމްޑީޕީގެ އުފެއްދުމުގަ އުޅުންވަރަށް ސިޔާސީ ގޮތުންނާ އެކަޑަމިކަލީގޮތުން ގަދަ ގިނަބަޔަކު މިހާރުވެސް އައްނި ފަހަތަށް އަރާތިބުން،

  2. ޕީޕީއެމް އިން މިހާރު އެމްޑީޕީ ފުޑާލާނެކަމުގެހެކިތިފެންނަނީ
    ނަސީދުއަނެއްކާވެސް ޅައެއްޗެއް އަޅަންތިހުޅެނީ
    އެމްޑީޕީ ހަލާކު ތިކޮއްލަނީ ނަސީދު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *