logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ހަނދާންކުރަންވީ ހަމަ އެންމެ ކަތި ފިޔަވަޅަކުން ޕާޓީ މަގުމަތިވެ 7 އަހަރު ބިރުވެރި ދުވަސްތައް ތަޖުރިބާކުރަން ޖެހުުނުކަން: ކުރީގެ މިނިސްޓަރު ޒުލްފާ

ހަނދާންކުރަންވީ ހަމަ އެންމެ ކަތި ފިޔަވަޅަކުން ޕާޓީ މަގުމަތިވެ 7 އަހަރު އަނިޔާވެެރި ބިރުވެރި ދުވަސްތައް ތަޖުރިބާކުރަން ޖެހުުނުކަން ކަމަށް ރައީސް ނަޝީދުގެ ކެބިނެޓްގައި ހިމެނުނު މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓަށް ކެމްޕެއިން ކުރުމުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ރައީސް ސޯލިހަށް ތާއީދުކޮށް ޒުލްފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއް ހަރަކުން މުޢުމިނެއްގެ ގަޔަށް ދެފަހަރަކު ކަށްޓެއް ނުޖަހާނެ ކަމަށެވެ. އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ތަޖުރިބާކުރަން ޖެހުނީ ބިރުވެރި 7 އަހަރު ކަމަށާއި އެކަން އޯކޭއެއް ނޫން ކަމަށެވެ. އަދި އެކަން ތަކުރާރުވާކަށްވެސް ނޭދޭކަމަށް ޒުލްފާ ވިދާޅުވިއެވެ.

މަރިޔަމް ޒުލްފާއަކީ ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުން އިސްތިއުފާ ދެއްވިއިރު ޓޫރިޒަމް މިނިސްޓަރެވެ.

 

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *