logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ވާވެއްދި ފަރަށް އެރި ބާޖާއި ޓަގުގެ ވެރިފަރާތް 100 މިލިޔަނުުން ޖޫރިމަނާކޮށް

މާލެ އަތޮޅު ވާވެއްދި ފަރަށް މިދިޔަ ޖުލައިމަހު އެރި ބާޖާއި ޓަގުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިންް ޖޫރިމަނާ ކޮށްފިއެވެ.

އެންވާރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "އޭއެމް އާގަމް" ނަމަކަށް ކިޔާ ބާޖަކާއި އަދި "އޭއެމް އަލްޕިޓް" ނަމަކަށް ކިޔާ ޓަގެއް 23 ޖުލައި 2022 ވަނަ ދުވަހު ކ. ވާވެއްދި ފަރަށް އަރުމުން އެ ދެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރީ ފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ފަހު ކަމަށެވެ.  އެ ބާޖާއި ޓަގުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލްއީސްޓް މެރިން އެލް.އެސް.ސީ 100 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެފައިސާ ދައްކަން އެންގީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ބާޖާއި ޓަގު އެރުމުން ވާވެއްދި ފަރަށް ލިބިފައިވާ ގެއްލުންތައް އީޕީއޭއިން ބެލީ އެ އެޖެންސީން ބުނި ގޮތުގައި މިދިޔަ އޮގަސްޓްމަހު އެވެ. ގެއްލުންތައް ބަލަން އުޅަނދުތަކުގެ ވެރިފަރާތުން ކުރި ސާވޭގައި ވެސް އީޕީއޭއިން ބުނި ގޮތުަގައި އެ ޖެންސީން އޮބްޒާވްކުރި އެވެ. .

ސަރވޭ ތަކުން އެނގުނު ގޮތުގައި ފަރުގެ 3926 އަކަމީޓަރުގެ ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ސާވޭތަކުން އެނގުނު ގޮތުގައި ފަރަށް ލިބުނުގެ ގެއްލުމުގެ އަގު 148 މިލިޔަން ރުފިޔާއަށް  އަރައެވެ. އެކަމަކު ގާނޫނު ނަންބަރު 4/93 ގެ ދަށުން ޖޫރިމަނާ ގެގޮތުގައި ކަނޑައެޅެން އޮންނަ އެމްމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމައްވާތީ އެއަދަދުން ޖޫރިމަނާ ކުރީކަށް އީޕީއޭއިން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *