logo minivan

English

ހުކުރު, 08 ނޮވެމްބަރ 2024

ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް މއ. މަނާގެ، އަލީ ފާއިޒު އައްޔަންކޮށްފި

ސްރީލަންކާގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް މއ. މަނާގެ، އަލީ ފާއިޒު އައްޔަންކޮށްފި އެވެ.

ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ ފަތްކޮޅު އަލީ ފާއިޒަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިމަގާމަށް އަލީ ފާއިޒު އައްޔަނު ކުރެވުނީ ކުރިން މިމަގާމުގައި ހުނެންވެވި އުމަރު އަބްދުއް ރައްޒާގު އެހެން ގައުމެއްގެ ސަފީރުކަން ހަވާލު ކުރުމުން އެމަގާމު ހުސްވެފައި ވާތީއެވެ.

އަލީ ފާއިޒު މީގެ ކުރިން ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ނައިބު ކަމާއި ޕޮލިސް ބޯޑުގައި މެންބަރުކަން ހިމެނެ އެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅު މެންބަރުކަމާއި ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ ގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.

ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އޭނާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރު ފަހުކޮޅުގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *