logo minivan

English

ހޮނިހިރު, 27 ޖުލައި 2024
އިޒްރޭލު ސިފައިން ފަލަސްތީނުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ނުވަ މީހުން މަރާލައިފި

އިސްރާއީލު ސިފައިން ފަލަސްތީނުގެ ނުވަ މީހަކު މަރާލައިފިއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޖެނިން ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި 20 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްއެވެ.

މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނަކު ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ. ޖެނިން ހޮސްޕިޓަލްގެ އޮފިޝަލުން ބުނީ އޭނާ އަކީ މަގްދާ އޮބައިދު ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އިސްރާއީލު ސިފައިން ބުނީ އަންހެން މީހާ މަރުވި ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ފަލަސްތީނުގެ ސިޔާސީ ޕާޓީ ފަތަހަ ޖަމާއަތާ ގުޅިފައިވާ ހަތިޔާރު އެޅި ލަޝްކަރެއް ކަމަށްވާ އަލް އަގްސާ ޝަހީދުންގެ ބްރިގޭޑުން ބުނީ، މަރުވި މީހުންގެ ތެރޭގައި އެ ޖަމާއަތުގެ އެއް ހަނގުރާމަވެރިއެއް ކަމަށްވާ އިއްޒުއްދީން ސަލާހު ވެސް ހިމެނޭ ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ އިތުރު މީހެއް ކަމަށްވާ ސާއިބް އަޒްރިކީ، 24، މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އެމީހުން ވަނީ ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންދާ އެމްބިއުލާންސްތަކަށް އިސްރާއީލު ސިފައިން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ.

ޖެނިންގެ ހޮސްޕިޓަލްތަކަށާއި އެމްބިއުލާންސްގައި ތިބި މުވައްޒަފުންނަށް އިސްރާއީލުން ދިން ހަމަލާތަކާ ދެކޮޅަށް ރަމަﷲ ހޮސްޕިޓަލް ކުރިމަތީގައި ޑޮކްޓަރުން އިހުތިޖާޖު ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

"އެމްބިއުލާންސް ޑްރައިވަރު މަސައްކަތް ކުރީ ބިންމަތީގައި ތިބި މީހުން ތެރެއިން އެކަކު ކައިރިއަށް ދާން، އެކަމަކު އިޒްރޭލު ސިފައިން ސީދާ އެމްބިއުލާންސަށް ބަޑި ޖަހައި އޭނާ ކައިރިއަށް ދިއުމަށް ހުރަސް އެޅި،" ހޮސްޕިޓަލުން ބުންޏެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝްތަޔޭހް ނެރުއްވި ބަޔާނެއްގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުންނާ ދެކޮޅަށް ހިންގާ ލޭ އޮހޮރުވުން ހުއްޓުވުމަށް އދ އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކަށް ވަގުތުން ނުފޫޒު ފޯރުވުމަށް ގޮވާލާފައެވެ.

ގައްޒާގެ ވެރިކަން ކުރާ ހަމާސް ހަރަކާތުގެ އިސް ލީޑަރެއް ކަމަށްވާ ސާލިހް އަލް އަރޫރީ ވިދާޅުވީ އިޒްރޭލުން ދިން ހަމަލާގެ ބަދަލުހިފަން މާ ގިނަ އިރުތަކެއް ނުނަގާނެ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *