logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން، އެމްއެންޑީއެފަށް ރެގިއުލޭޓަރުތަކެއް ހަދިޔާކުރައްވައިފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން، އެމްއެންޑީއެފަށް މެޑިކަލް ކޯރއަށް އޮކްސިޖަން ސިލިންޑަރގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާކުރައްވައިފައެވެ.

އެމްއެންޑީއެފް މެޑިކަލް ކޯރގެ ބޭނުންތަކަށް އެންޑީއެމްއޭއިން އޮކްސިޖަން ސިލިންޑަރގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާކުރައްވާފައިވަނީ އިމަޖެންސީ ރެސްޕޮންސް ޚިދުމަތްތަކުގައި އެމްއެންޑީއެފް މެޑިކަލް ކޯރގެ ކޭޕަބިލިޓީ އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. މި ތަކެތި ހަވާލުކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބަންޑާރަކޮށީގައި ބާއަވާފަ އެވެ.

އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިފާނުގެ ހާދިސާތަކާއި ޤުދުރަތީ އެކިއެކި ހާދިސާތައް ދިމާވުމުން، ސިފައިން ހަރަކާތްތެރިވާއިރު އެންޑީއެމްއޭގެ ސްޓާފުން ވެސް އެ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވެލައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި އެންޑީއެމްއޭގެ ފަރާތުން އެމްއެންޑީއެފަށް ވެދެއްވާ އެހީތެރިކަމަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމްއެންޑީއެފްގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސާޖަން ޖެނެރަލް، ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދެވެ. އަދި، އެންޑީއެމްއޭ ފަރާތުން މި ތަކެތި ހަވާލުކުރެއްވީ، އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް، އަލްފާޟިލް ހިސާން ޙަސަންއެވެ.

މި ރަސްމިއްޔާތުގައި ވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާފައެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *