logo minivan

English

ހޮނިހިރު, 27 ޖުލައި 2024

"ހޫ އިޒް ދެޓް ފ🔥🔥ގ އަލީ" ދިވެހިންނަށް ބޮޑު ފަޚުރެއް ދުނިޔެއަށް ހައިރާންކަން!

ފުޓުބޯޅައިގެ ޚަބަރުތަށް މުޅި ދުނިޔެއަށް ގެނެސްދޭ ގޯލް ޑޮޓް ކޮމް އިން ދޭތެރެ ދޭތެރެއިން ފުޓް ބޯޅައިގެ އެކި ރެކޯރޑްސް ތަށް ސަޕޯޓަރުންނަށް ހަނދާންކޮށްދެއެވެ. އަދި ކުޅުންތެރިން އަޅާކިޔާ ސަޕޯޓަރުންގެ މެދުގައި ފޯރިގަދަ ބަހުސް އުފައްދައެވެ. އެގޮތުން ގޯލް ޑޮޓް ކޮމް ގެ ޓްވީޓާގައި މިހަފްތާގެ ބުދަ ދުވަހު ކުރި ޓްވީޓެއްގައި ހިމަނާފައިވަނީ ފުޓްބޯޅަ ކެރިއަރުގައި ކުޅުނު ކްލަބް ތަކާއި ގައުމީ ޓީމް ހިމެނޭހެން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިން ރޭންކް ކޮށްފައެވެ.

މިގޮތުން ޓޮޕް ޓެން ނުވަތަ އެންމެ ގިނަ ގޯލްޖެހި 10 ކުޅުންތެރިން ހިމެނޭ މި ފޮޓޯގެ 6 ވަނައިގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅުއެއް ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު ހިމެނުމަކީ ގިނަ ދިވެހިންނަށް މާ އާކަމަކަށް ނުވާނެއެވެ. ސަބަބަކީ އެފަދަ ހަބަރުތަށް ދޭތެރެ ދޭތެރެއިން ފެންނާތީއެވެ. އަޝްފާގު މި ލިސްޓްގެ ހަވަނައިގައި ހިމެނުނުއިރު އެއްވަނައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެނީ 819 ގޯލާ އެކުއެވެ. ދެވަނައިގައި ވާދަވެރި މެސީ 795 ގޯލާއެކު އޮތް އިރު 639 ގޯލާއެކު ތިންވަނައިގައި ލެވޮންޑޮންސްކީ އަދި އޭގެ ފަހަތުން 572 ގޯލް އާއި އެކު އިބްރަހަމޮވޮޗް އެވެ.ފަސްވަނައިގައި 533 ގޯލާއި އެކު ލުއިސް ސުވަރޭޒް އާއި ޖެހިގެން 489 ގޯލާއި އެކު އަލީ އަޝްފާގު ހިމެނުންވީ ދުނިޔޭގެ ފުޓްބޯޅަ ފޭނުންނަށް އަޖައިބުކުރުވަނިވި ކަމަކަށެވެ. ފާހަގަ ކޮށްލަން ޖެހޭ އަނެއްކަމަކީ މި ލިސްޓުގައި ހިމެނޭ އޭޝިޔާގެ ހަމައެކަނި ކުޅުންތެރިއަކީ ވެސް އަޝްފާގުކަމެވެ.

ތިން މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާ މި ޓްވީޓްގައި ހިމެނޭ އެތައްސަތޭކަ ކޮމެންޓެއްގައި މީހުން ބުނެފައިވަނީ "ހޫ އިސް ދެޓް ފކނގ އަލީ" އަދި އެންމެ ފަހުން ބޯލަންޑިއޯ އެވޯޑް ހޯދި ކަރީމް ބެންޒީމާ އަޝްފާގުގެ ފަހަތަށް އައުމެވެ. އޭގެ އިތުރުން ބްރެޒިލްގެ މަޝްހޫރު ތަރި ނޭމާ ޖޫނިއާރ އެޑިންސަން ކަވާނީ އަދި އެޑިން ޒެކޯ ވެސް އަޝްފާގުގެ ފަހަތުގައި ވުމުން ގިން ބަޔަކުވަނީ ހައިރާންވެ އަޝްފާގަކީ ކާކުތޯ ސުވާލުކޮށްފައެވެ.

މި ޓްވީޓް ކޯޓްކޮށް އަދި ކޮމެޓްކޮށްފައިވާ ބައެއް ދިވެހިން ފަޚުރުވެރިކަމާއެކު އަޝްފާގުގެ ތައާރަފް ދީފައިވާއިރު އެހެން ބައެއް ގައުމުތަކުގެ މީހުން ވަނީ އަލީ އަކީ ކާކުތޯއާއި އަޝްފާގަށް އެކަށީގެންވާ ރެކޮގްނިޝަން ނުލިބެނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އަދި މި ޓްވީޓުގައި ދެން އެންމެ ފާހަގަ ކުރެވުނީ ކޮމެންޓްކުރި މެލޭޝިޔާގެ ގިނަ ރައްޔިތުންގެ އެހެން ޝަކުވާއެކެވެ.

ކޮންމެ ކުޅުންތެރިއެއްވެސް ކުޅެ ގައުމުގެ އެފްއޭގެ ލޯގޯ އާއި ކުޅުނު ހުރިހާ ކްލަބެއްގެ ލޯގޯ ހިމަނާފައިވާއިރު އަޝްފާގް ކުޅުނު ކްލަބުތަށް ހިމަނާފައި ނުވެއެވެ. އެހެން ކަމުން މެލޭޝިޔާގެ ގިނަ މީހުން މައްސަލަ ޖައްސާފައިވަނީ އަޝްފާގު ކުޅުނު ޕީ.ޑީ.އާރު.އެމް. ގެ ލޯގޯ ހިމަނާފައި ނެތުމުންނެވެ. އަލީ އަޝްފާގް އާއި އެކު ހިމަނާފައިވަނީ ހަމައެކަނި އެފްއޭއެމް ގެ ލޯގޯ އާއި ކްލަބް އީގަލްސް ގެ ލޯގޯއެވެ. މިފަދަ ލިސްޓެއްގައި ކްލަބުގެ ލޯގޯ ހިމެނުމަކީ ވެސް ފަޚުރެއް ކަމުގައި ވާއިރު އަޝްފާގު އެންމެ މޮޅަށް ކުޅުނު ކްލަބް ވެލެންސިޔާ އާއި ނިއުރޭޑިއަންޓްގެ ލޯގޯ ވެސް ހިމެނިފައެއް ނުވެއެވެ.

ކޮންމެއަކަސް ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކަށް ހައިރާންކަން ގެނުވި މި ޓްވީޓަކީ މުޅި އޭޝިއާ އަށް އަދި ވަކިން އާއްސަކޮށް ދިވެހިންނަށް ލިބިގެންދިޔަ ބޮޑު ފަޚުރަކާއި ޝަރަފެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *