logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

ރައީސް ނަޝީދުގެ ޖަލްސާއަށް ފުރުސަތު ދިނުމުގެ ގޮތުން އިދިކޮޅުގެ އެއްވުން ރަސްފަންނަށް ބަދަލުކޮށްފި

ރައީސް ނަޝީދުގެ ޖަލްސާއަށް ހުރަސް އެޅިދާނެތީ އިދިކޮޅު ޕްރޮގްރޮސިވް ކޯލިޝަންގެ އެއްވުން ރަސްފަންނަށް ބަދަލުކޮށްފިއެވެ.

އާންމުކޮށް ކޮންމެ ރެއަކުވެސް ޕީޕީއެމް އޮފީސް ކުރިމަތިން ފެށިގެން އާރޓިފިޝަލް ބީޗް ސަރަހައްދާއި މަޖީދީމަގުގައި ރައީސް ޔާމީން މިނިވަން ކުރުމަށްގޮވާލާ ސިލްސިލާކޮށް ބާއްވަމުން ގެންދާ މި މުޒާހަރާ މިރޭ ޕީޕީއެމް އޮފީސް ކުރިމަތީ ނުބާއްވަނީ ރައީސް ނަޝީދު އާރޓިފިޝަލް ބީޗްގައި ބާއްވާ ޖަލްސާއަށް ހުރަސްއެޅިދާނެތީ ކަމަށް ޕީޕީއެމްގެ ސެނެޓްގެ މެމްބަރަކު ވިދާޅުވިއެވެ.

މީގެކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީ ހަރުގޭގައި ޖަލްސާ ބޭއްވިރޭ ޕީޕީއެމުން ވަނީ އާރޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެ އަޑުގަދަކޮށްފައެވެ. ރައީސް ސޯލިހު މިކަން ސިފަކުރެއްވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން "ތަންމިނަށް" މިހާރު އޮތް ކަމެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަަށްދާއިރު އިދިކޮޅު ޕީޕީއެމުން މީގެތެރެއަށްވަދެ އިންތިހާބު ގަޑުބަޑު ކުރަން މަސައްކަތް ކުރަމުންދާކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *