logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރައީސް ނަޝީދުގެ ޖަލްސާ ކުރުކޮށްލަންޖެހޭ ފަދަ އެއްވެސް "ތްރެޓެއް"ގެ މައުލޫމާތު ލިބިފައެއް ނުވޭ: ސަލާމަތީ ބާރުތައް

ރައީސް ނަޝީދުގެ ޖަލްސާ ކުރުކޮށްލަންޖެހޭ ފަދަ އެއްވެސް "ތްރެޓެއް"ގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދުގެ ކެމްޕެއިންގެ ފަހު ޖަލްސާ މިރޭ އާރޓިފިޝަލް ބީޗްގައި ކުރިއަށް ދަނިކޮށް އެމަނިކުފާނު ވަނީ ކުއްލިގޮތަކަށް ޖަލްސާ ދޫކޮށް ވަޑައިގެންފައެވެ. ސަބަބެއްކަމަަށް އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންނާ ހަވާލާދީ ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވަނީ އެމަނިކުފާނު ޖަލްސާ ދޫކޮށް ވަޑައިގެންނެވީ ސަލާމަތީ ސަބަބުތަކަށްޓަކައި ސެކިއުރިޓީން އެދިގެން ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ މިކަން ދޮގުކޮށް މީޑިއާތަކަަށް މެސެޖެއް ފޮނުވާފައެވެ.

"ރައީސް މުޙައްމަދު ނަޝީދު މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާ ކުރުކޮށްލައްވަންޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ފުލުހުންގެ ޚިދުމަތަށް ލިބިފައި ނުވެއެވެ. އަދި އެފަދަ މަޢުލޫމާތެއް އެމް.އެން.ޑީ.އެފްއަށް ލިބިފައިވޭތޯވެސް ފުލުހުންގެ ޚިދުމަތުން ސާފުކުރުމުން، އެފަދަ ކަމެއް ނެތް ކަމުގެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދީފައިވެއެވެ. ބައެއް ނޫސްތަކުން އެފަދައިން ރިޕޯޓުކޮށްފައިވަނީ އެފަދަކަމެއް އުޅޭތޯ މިޚިދުމަތުން މައުލޫމާތު އޮޅުންފިލުވުމާކާއި ނުލާކަން ފާހަގަކުރަމެވެ." ފުލުހުންގެ މެސެޖްގައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *