logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

އެމް.ޑީ.ޕީ މެންބަރުން މަދަމާ ނިންމާނީ ފިކުރު ދިރުވަންތޯ؟ ނުވަތަ ޕާޓީ މަގުމަތިނުވެ ވެރިކަމުގައި ދެމިއޮންނަންތޯ؟

ރިޔާސީ އިންތިހާބު ނުލިބުނަސް ވަރިހަމަ ވާވަރުގެ ނިންމުމެއް އެމް.ޑީ.ޕީ މެންބަރުން ނިންމަފާނެހެއްޔެވެ.  މާދަމާ އަކީ ފިސާރި ވަރުގަދަ ދުވަހެކެވެ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އަކީ ހުރިހާ ގޮތަކުންވެސް އެހެނިހެން ޕާޓީ ތަކާ ތަފާތު ޕާޓީއެކެވެ. އެ ޕާޓީ އަކީ އެތެރޭގެ ހިޔާލުތަފާތުވުންތައް ގިނަ، އަދި ގިނަ ހިޔާލާއިވިސްނުމުގެ ތެރެއިން ހިޔާލު އެއްގޮތްކުރަންދަންނަ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނަ ޕާޓީއެކެވެ. އެ ޕާޓީގެ ތާރީހުގައިވެސް އެއްމެ ބޮޑަށް ހިޔާލު ތަފާތުވި އެޕާޓީގެ އެތެރޭގެ ނިންމުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ޓިކެޓް ދޭނެ މީހެއްގެ މައްސަލައެވެ. މާދަމާއަކީ ފޯރިގަދަ ވާދަވެރި ކެމްޕެއިންއަކަށްފަހު މެންބަރުން ގޮތްނިންމާ ދުވަހެވެ. ކެނޑިޑޭޓް ނަންބަރ 1 ރައީސް ނަޝީދު ވިދާޅުވަނީ އެމް.ޑީ.ޕީ ގެ ފިކުރު ދިރުވުމަށް އެމަނިކްފާނަށް ވޯޓް ދެއްވުމަށެވެ. ކެނޑިޑޭޓް ނަންބަރ 2 ރައީސް އިބްރާހިން މުހައްމަދު ސާލިހް ވިދާޅުވަނީ އެއް.ޑީ.ޕީ މަގުމަތިނުވެ ވެރިކަމުގައި ދެމިއޮތުމަށް އެމަނިކުފާނަށް ވޯޓް ދެއްވުމަށެވެ. އެހެންކަމުން މި ގޮތުންކުރެ އެމް.ޑީ.ޕީ މެންބަރުން ހިޔާރުކުރާނީ ކޮންގޮތެއްތޯ ބެލުމަށް މުޅި ދިވެހި ރާއްޖެއާއި ދުނިޔޭގެ ލީޑަރުން މާދަމާގެ ވޯޓްގެ ނަތީޖާއަށް އިންތިޒާރުކުރާނެކަން ކަށަވަރެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *