logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މީހަކު ވޯޓުލަނީ. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން

އެމްޑީޕީގެ ވާދަވެރި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގެ ވޯޓުލުން މުޅި ރާއްޖޭގައި ފަށައިގެން ކުރިއަށް އެބަ ދެ އެވެ.

އެމްޑީޕީގެ ޕުރައިމަރީގެ ވޯޓުލާން ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގެ ފަހުންނެވެ.

މިއަދުގެ އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިއީ ރާއްޖޭގައި ބާއްވާ އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގައި ޖުމްލަ 243 ވޯޓު ވަނީ ބަހައްޓައިފަ އެވެ. އެއީ މާލޭގައި ބަހައްޓާ 49 ވޯޓު ފޮއްޓާއި އަތޮޅު ތެރޭގައި ބަހައްޓާ 194 ވޯޓު ފޮއްޓެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދެވެ. މިއީ މި ދެބޭފުޅުން އިންތިހާބެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ