logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލަ އާ ގުޅިގެން ގދ. ރަތަފަންދޫ އިން ދެ މީހަކު އަދި ގދ. ތިނަދޫ އިން އެކަކު ހައްތަރު ކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މި ތިން މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ވޯޓު ލާން ހަމަޖައްސާފައިވާ މަރުކަޒުގައި ހަމަނުޖެހުން އުފައްދާ ވޯޓުފޮޓަށް ގެއްލުން ދިނުމުގެ ތުހުމަތުގައެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ގދ. ތިނަދޫ ވޯޓްލާ މަރުކަޒްގައި ހުރި ވޯޓްފޮށި އެއްލާލާ މަންޒަރު ފެނެއެވެ. އަދި އެމަރުކަޒުގައި ހުރި ގޮނޑިއާއި މޭޒުފަދަ ތަކެތި އުކާލާ މަންޒަރާ އެއްބަޔަކު އަނެއްބަޔަކަށް މާރާމާރީ ހިނގާ މަންޒަރު ވެސް ފެނެއެވެ.

މުޅި ރާއްޖޭގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ ބައެއް މަރުކަޒުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި ވޯޓުލުން ހުއްޓައިލަން ވެސް ޖެހުނެވެ. ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުފޮށިތައް ފަޅާލައި ބޮޑެތި ގެއްލުންތައް ދިނުމުން އެކަންކަމުގައި ތުހުމަތުކުރެވޭ މީހުން ދަނީ ހައްޔަރުވެސް ކުރަމުންނެވެ.

 

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *