logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

އިންޑިއާގެ އަސްކަރިއްޔާގެ ދެ ފައިޓާ ޖެޓް ވެއްޓި ޕައިލެޓަކު މަރުވެއްޖެ

އިންޑިއާގެ މަދްޔަޕްރަދޭޝް ސްޓޭޓްގެ މޮރޭނާ ކައިރިއަށް އިންޑިއަން އެއާފޯސް (އައިއޭއެފް) ގެ ދެ ފައިޓާ ޖެޓް ކަމަށްވާ ސުކޮއި-30 އަދި މިރާޖް 2000 މަރުކާގެ މަތިންދާ ބޯޓު ވެއްޓި ޕައިލެޓަކު މަރުވެއްޖެއެވެ.

އެ ޖެޓްތައް ފުރީ ގްވާލިއާ އިންނެވެ. ވައިގެ އަސްކަރިއްޔާއިން ކުރި ޓުވީޓެއްގައި ބުނީ، އެ މަތިންދާބޯޓުތައް ދިޔައީ ރޫޓިން އޮޕަރޭޝަނަލް ފްލައިން ޓްރެއިނިން މިޝަނެއްގައި ކަމަށެވެ.

އެއް މަތިންދާބޯޓު މަދްޔަ ޕްރަދޭޝްގެ މޮރޭނާއަށް ވެއްޓުނުއިރު އަނެއް މަތިންދާބޯޓު ވެއްޓުނީ ރާޖަސްތާނުގެ ބާރަތުޕޫރުގައި 100 ކިލޯމީޓަރު ދުރުން ކަމަށް ބެލެވެއެވެ.

"އައިއޭއެފްގެ ދެ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް މިއަދު ހެނދުނު ގްވާލިއާ ކައިރީގައި އެކްސިޑެންޓެއް ހިނގައިފި. އެ މަތިންދާ ބޯޓުތައް ދިޔައީ ރޫޓިން އޮޕަރޭޝަނަލް ފްލައިން ޓްރެއިނިން މިޝަންގައި" އަސްކަރިއްޔާގެ ޓްވީޓްގައި ބުންޏެވެ.

ލޯކަލް އެޑްމިނިސްޓްރޭޓަރު އަންކިތު އަސްތާނާ ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ އެއް ޖެޓުގައި ތިބި ތިން ފަޅުވެރިންގެ ތެރެއިން ދެ ފަޅުވެރިއަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ޗައިނާގެ އަސްކަރީ އަދި ހިޔާލު ތަފާތުވެފައިވާ ބޯޑަރު ކައިރީގައި އޮންނަ އަރޫނާޗަލް ޕްރަދޭޝް ސްޓޭޓަށް ހެލިކޮޕްޓަރު ވެއްޓި އަސްކަރިއްޔާގެ ފަސް ސިފައިން ވަނީ މަރުވެފައެވެ.

ނިއުސް އެޖެންސީ އޭއެންއައިއާ ވާހަކަ ދައްކަވަމުން އެސްޕީ މޮރޭނާ ވިދާޅުވީ މަރުވި ޕައިލެޓްގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *