logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކުޑަކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ 60 އަހަރު މީހަކު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުުހުމަތުކުރެވޭ އުމުރުން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހދ، ހދ އަދި ށ. އަތޮޅު ހިމެނޭ މަތި އުުތުރު ސަރަހައްދުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ  މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޮނިހިރުދުވަހު ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުންވާ ފަދަ މައްސަލަތައް ރިޕޯޓްކުރާ އިރު އެކުއްޖާ ދެނެގަނެވިދާނެ ފަދަ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ކުށެކެވެ. ކުޑަ އަންހެއްކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ ކޮން އަތޮޅެއްގެ ކޮން ރަށަކުން ކަން ހާމަ ނުކުރީ އެހެންވެ އެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް އެ މިނިސްޓްރީއަށް ކޮންމެ މަހަކު ވެސް ހުށަހަޅަ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު އެފަދަ 19 މައްސަލައެއް ހުށަހެޅި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *