logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ޗައިނާގެ ހޮސްޕިޓަލެއްގެ ތެރޭގައި ބަލިމީހުންތަކެއް ފަރުވާ ހޯދަން ޖަމާވެފައި ފޮޓޯ: ރޮއިޓާސް

ޗައިނާގައި ކޮވިޑްގެ ކޭސްތައް ބޮޑު ތަނުން ދަށަށް

ޗައިނާގައި ކޮވިޑް-19 ގެ ރާޅު ނިމުމަކާއި ގާތްވެފައިވާ ކަމަށް އެ ގައުމުގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފިއެވެ.

ސީޑީސީން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ އެކި ޕްރޮވިންސްތަކުން ރިޕޯޓްކޮށްފައިވާ މޮނިޓަރިން ޑޭޓާހިމެނޭ ގޮތަށް ބަލި ދެނެގަތުމާއި، ފަރުވާދިނުމާއި ބެލެހެއްޓުމާ ބެހޭ ގައުމީ ޑޭޓާގެ މައުލޫމާތު އާންމުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު މަހުގެ ފަހުކޮޅު ކޮވިޑްގެ ބަލިމަޑުކަމުގެ ރާޅު ނުވަތަ ބަލި ފެތުރޭ މިންވަރު އިތުރުވިއެވެ. އެކަމަކު މިހާރު ހުރިހާ ސަރަހައްދެއްގައިވެސް ބަލި ފެތުރޭ މިންވަރު ވަނީ ދަށަށް ގޮސްފައެވެ. މި މަހުގެ ފަހުކޮޅު މުޅި ގައުމުގައި ވައިރަސް ފެތުރޭ މިންވަރު ދަށްވެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ޕްރެޝަރަށް ވަނީ ލުޔެއްވެސް ލިބިފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ބެއިޖިން، ޓިއަންޖިން އަދި ހެބެއި ޕްރޮވިންސް ގައި ހުމުގެ ކްލިނިކްތަކަށް ޒިޔާރަތްކުރި މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވި ނަމަވެސް މި މަހު އެ އަދަދު 90 އިންސައްތައަށްވުރެ ވަނީ ދަށްވެފައެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ހޮސްޕިޓަލުގައި ސީރިއަސް ކޭސްތަކުގެ އަދަދު 127،594 އަށް އަރާފައިވާއިރު، އޭގެ ފަހުން އެ އަދަދު ދަށަށް ގޮސް، ޖެނުއަރީ 23 ގެ ނިޔަލަށް ކޭސްތަކުގެ އަދަދު ވަނީ 35،694 އަށް އަރާފައެވެ.

ޗައިނާގެ ސީޑީސީގެ އެނަލިސިސްއިން ވެސް ދައްކާ ގޮތުގައި ދާދި ފަހުން އައި ރާޅުގައި އޮމިކްރޯން ވޭރިއަންޓްތައް ކަމަށްވާ ބީއެފް.7 އަދި ބީއޭ.5.2 ބާރުގަދަވެފައި ވަނީ އާ މިއުޓެންޓް ސްޓްރެއިންތަކެއް ފާހަގަކުރެވިފައި ނުވާތީއެވެ.

ސީޑީސީން ބުނި ގޮތުގައި 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ޗައިނާއިން ދަނީ ވައިރަސް މިއުޓޭޝަން ސަވައިލެންސް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *