logo minivan

English

ހޯމަ, 04 ނޮވެމްބަރ 2024

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އަންނަމަހު 23ގައި. ރިޔާސީ އިންތިހާބާމެދު ގޮތެއް ނިންމާނެ!

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އަންނަ ފެބްރުއަރީ 23 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ޖޭޕީގެ އިސް އޮފިޝަލަކު ވިދާޅުވީ، ދަރުބާރުގޭގައި ބާއްވާ މި ކޮންގްރެސްއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަ ކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނެއެވެ. މިނިވަން ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކޮންގްރެސްގެ ތެރެއިން އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް ދިނުމަށް ދަނީ މަސައްްކަތް ކުރަމުންނެވެ. މީގެކުރިން ޖުމްހޫރީ ޕާޓީން ބުނެފައިވަނީ އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކާމިޔާބުކުރުމުގެ ފުރުޞަތު އެންމެ ބޮޑު އެއް ކެންޑިޑޭޓް ކަމަށް ސިޔާސީ މަޝްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ސަބަބަކީ ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއްްގައި ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއް ނެރުމުގެ ފުރުޞަތު ކުޑަވުމާއި ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ގޯސްވުން ހިމެނެއެވެ.

 

ސިޔާސީ މަޝްރަހް ދިރާސާ ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން މިފަހަރުގެ ރިޔާސީ އިންތިހާބަށް އެންމެ ބޮޑު ކޯލިޝަނެއް ހަދާނީ ޖުމްހޫރީ ޕާޓީންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *