logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

މޫދަށް އެރި އުޅުނު 18 އަހަރުގެ ޒުވާނަކު މަރުވެއްޖެ

މާފުށިވަރު ރިސޯޓް ކައިރިއަށް  ބޮއެ އަޅަން ގޮސް އުޅުނު 18 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އދ. އަތޮޅު މާފުށިވަރު މޯލްޑިވްސް ރިސޯޓް ގައި ބޮއެ އަޅަން މޫދަށް ފައިބާ އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލުދެރަވެގެން ގެންދާ ކަމުގެ މައުލޫމާތު މިރޭ 18:54 އެހާކަންހާ އިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެމީހާއަށް މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮއެ އަޅަން ގޮސް އުޅެނިކޮށް މަރުވެފައި ވަނީ ރ. އިނގުރައިދޫ, މާހާ, ނިޝާހް ޢަބްދުލް ޢަފޫރެވެ.

ނިޝާހް އަކީ، ނޮވެމްބަރު 18، 2018ގައި އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖަކު، ފުރާނައަށް ނުރައްކާވާފަދަ ހާލަތެއްގައި ވަނިކޮށް، އޭނާގެ ފުރާނަ ސަލާމަތްކުރި ސްކައުޓެކެވެ. އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރެއްގައި  ނިޝާހަށް ވަނީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމުވެސް ދެއްވާފައެވެ. އޭގެ އިތުރުން ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނާއި ބައިނަލްއަގުވާމީ ސްކައުޓް ޖަމުޢިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަނުންވެސް ވަނީ ނިޝާހް ދެއްކި ހިތްވަރު ފާހަގަކޮށްފައެވެ.

މި ހިނގާ ދިޔަ ހިތާމަވެރި ހާދިސާ އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައް ފުލުހުންދަނީ ބަލަމުންނެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *