logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ބަންގްލަދޭޝްއަށް 4.7 ބިލިއަން ޑޮލަރުގެ އައިއެމްއެފް ޕެކޭޖެއް

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބަންގްލަދޭޝްއަށް 4.7 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ދިނުމަށް ނިންމައިފިއެވެ.

ހޯމަ ދުވަހު އިއުލާނުކުރި ފައިސާގެ ތެރޭގައި އައިއެމްއެފްގެ އެކްސްޓެންޑެޑް ކްރެޑިޓް ފެސިލިޓީ އާއި އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ ޕްރޮގްރާމްތަކުގެ ދަށުން ދެވޭ 3.3 ބިލިއަން ޑޮލަރާއި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތައް އަދި ޖަޒީރާ ގައުމުތަކަށް އެހީވުމުގެ މަގުސަދުގައި ހިންގާ އާ އާރްއެސްއެފްގެ ދަށުން 1.4 ބިލިއަން ޑޮލަރު ހިމެނެއެވެ.

އައިއެމްއެފުން ބުނީ މިދިޔަ ނޮވެމްބަރު މަހު އެކުލަވާލި ސްޓާފް އެގްރީމެންޓަށް ބޯޑުން ރުހުން ދިނުމުން ބަންގްލަދޭޝްއަށް ގާތްގަނޑަކަށް 476 މިލިއަން ޑޮލަރު ވަގުތުން ދޫކުރެވޭނެ ކަމަށެވެ.

އެ އިދާރާއިން ބުނީ 42 މަސް ދުވަހުގެ ލޯނު ނެގުމުގެ ޕެކޭޖުގެ ސަބަބުން "މެކްރޮއިކޮނޮމިކް ސްޓޭބިލިޓީ ހިމާޔަތްކޮށް، ނާޒުކު ފަރާތްތައް ހިމާޔަތްކޮށް، އިންކްލޫސިވް އަދި ގްރީން ގްރޯތު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ" ކަމަށެވެ.

އެ ފަންޑުން ބުނީ އިޖުތިމާއީ އަދި ތަރައްގީއަށް ކުރާ ހަރަދުތައް އިތުރުކުރުމަށް ފިސްކަލް ސްޕޭސް ގާއިމުކުރުމާއި ބަންގްލަދޭޝްގެ މާލީ ދާއިރާ ހަރުދަނާ ކުރުމާއި ފިސްކަލް އަދި ގަވަނަންސް ރިފޯމްތައް ހަރުދަނާ ކުރުމާއި ކްލައިމެޓް ރެޒިލިއަންސް ބިނާކުރުމަށް ހާއްސަ ކަންތައްތަކެއް ކުރުމަށް އެ ޕެކޭޖްގައި ހިމަނާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އައިއެމްއެފް އިން އާ އާރްއެސްއެފް ފެސިލިޓީ އިއުލާނުކުރީ އެ ގައުމުތަކަށް މިހާރު ލިބެން ހުރި ލޯނު ދޭ ޓޫލްކިޓްތަކުގެ އިތުރުން ދަށް އާމްދަނީ ލިބޭ އަދި ނިކަމެތި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ޕޮލިސީ ސަޕޯޓާއި ހެޔޮ އަގުގައި ދިގު މުއްދަތުގެ ފައިނޭންސިން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

އައިއެމްއެފުން ބުނީ އާރްއެސްއެފްގެ އެހީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *