logo minivan

English

ހޮނިހިރު, 27 ޖުލައި 2024
މާލޭގެ އިމާރާތްތަކެއް. ތަންތަން ކުއްޔަށް ދިނުމުގެ ނަމުގައި އޮޅުވައިލާ މީހުންނާ މެދު ސަމާލުވާން ޕީޖީން އެދޭ

މާލޭގެ ބަންޑާރަ ގޯތި އަމިއްލަ ކުރެވޭ އަގުން 70 ޕަސެންޓް ކުޑަކޮށްފި

މާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށް ކަނޑައަޅާފައިވާ އަގު، 70 ޕަސެންޓުން ކުޑަކުރުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މާލެ ސިޓީކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލްގެ 87 ވަނަ އާންމު ޖަލްސާގައި ފާސްކުރީ މާލޭގެ ބިން އަމިއްލަ ކުރުމަށް ކޮންމެ ކެޓަގަރީއަކުން މިހާރު ދައްކަން ޖެހޭ އަގު ކުޑަކުރުަމަށެވެ.

މާލޭ ސިޓީއިން ދޫކޮށްފައިވާ ގޯތިތަކުގެތެރޭގައި ހިމެނޭ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކާ އެ ގޯއްޗެއް ހިމެނޭ ޒޯނަކަށް ކަނޑައަޅާފައިވާ ކެޓެގަރީއެއްގެ އަގު ދައްކަން ޖެހެއެވެ. މާލޭގެ އެކި ސަރަހައްދުތަކުގެ ބަންޑާރަ ގޯތި އަމިއްލަ ކުރެވޭ އަގު އެގޯއްޗެއް ހިމެނޭ ޒޯނުގެ ގޮތުން ތަފާތުވެއެވެ. އަދި އިމާރާތުގެ އުސްމިނާއި ގޯތީގެ ބޮޑުމިނުން ވެސް އަގަށް ބަދަލުއާދެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މި އަގުތަށް ޒޯނުތަކަށް ބަހައިގެން ވަކި އުސޫލެއް ކަނޑައަޅާފައެވެ.

މިހާރު އަގުން ނަމަ 2000 އަކަފޫޓުގެ ތަނެއް އަމިއްލަ ކުރެވޭނީ 2.4 މިލިއަން ރުފިޔާއަށެވެ. މިއަދު ގެނައި ބަދަލާއެކު މިވަރުގެ ގޯއްޗެއް އަމިއްލަކުރަން އަރާނީ 720،000 ރުފިޔާ ކަމުގައި މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ބަންޑާރަގޯތިތައް އަމިއްލަކުރަން ކުރިން ކަނޑައަޅާފައިވާ އަގުތަކަކީ ގޯއްޗެއް އަމިއްލަކުރަން ހުރަހަކަށް ވާ ވަރުގެ އަގުތަކެއް ކަމަށެވެ. އެހެންވެ އެ އަގުތައް ބަދަލުކޮށްދޭން ގިނަ ފަރާތްތަކަކުން އެ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބިން އަމިއްލަ ކުރެވުނީމާ އެތަނުގެ އެސެޓް ވެލިއު ހައިވޭ. ލޯނު ނެގުމުގެ ފުރުސަތު ފަހިވެ، އޭގެ ސަބަބުން ، އެ ބިން އަމިއްލަވާ މީހާއާ އަދި އޭގެ ސަބަބުން ފުޅާ ދާއިރާއެއްގައި އެހެން ފައިދާތައް އިންޑަސްޓްރީއަށް ވެސް ކުރޭ،" މުއިއްޒު ވިދާޅުވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *