logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024

މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ

އއ. މަތިވެރިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މަތިވެރި ކައުންސިލްގެ ފޭސްބުކް ޕޭޖުގައި އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން، އެރަށުން ގެއްލިގެން ހޯދަނީ އުމުރުން 65 އަހަރުގެ ހަސަން އަލީ (ހަސަންފުޅު) އެވެ.

މަތިވެރީ ކައުންސިލުގެ އޮފިޝަލަކު "މިނިވަން" އަށް ވިދާޅުވި ގޮތުގައި އެންމެ ފަހުން ހަސަންފުޅު ފެނިފައި ވަނީ އިއްޔެގެ މަޣުރިބުނަމާދުގެ ކުރިންނެވެ. އޭނާ ވިދާޅުވި ގޮތުގައި ހަސަންފުޅަކީ، އެއްވެސް މަސައްކަތެއްކުރަން ތަނަކަށް ދާ މީހެެއްވެސް ނޫނެވެ.

" ލޭމައްޗައް ދިއުން ފިޔަވާ އިތުރު ބައްޔެއް ހުންނަ ބޭފުޅެއް ވެސް ނޫން " އޮފިޝަލް ވިދާޅުވިއެވެ.

ހަސަންފުޅު ހޯދަން ހެނދުނުން ފެށިގެން ފުލުހުންނާއި ރައްޔިތުން ގުޅިގެން ރަށުގެ އެކި ސަރަހައްދުތަކާއި ގެތަކާއި މޫދުވެސް އަންނަނީ ބަލަމުންނެވެ. ހަސަންފުޅާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިއްޖެ ނަމަ މަތިވެރި ކައުންސިލުގެ ނަންބަރު 6660058 އަށް ގުޅުމަށް އެ ކައުންސިލުން އެދެ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *