logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024
މޯލްޑިވިއަންގެ ފްލައިޓެއް... ފައިލް ފޮޓޯ

އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ކުރާތީ، މޯލްޑިވިއަނުން ހަނިމާދުއަށް ރޭގަނޑު ކުރާ ދަތުރު ހުއްޓައިލަނީ

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރާތީ، މާޗްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއާޕޯޓަށް ރޭނގަނޑު ދަތުރުނުކުރާނެ ކަމަށް މޯލްޑިވިއަނުން މިއަދު ބުނެފި އެވެ.

މޯލްޑިވިއަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާޗްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފެށިގެން މޯލްޑިވިއަންއިން ހަނިމާދޫ އެއާޕޯޓަށް ރޭގަނޑު ކުރާ ހުރިހާ ދަދުރެއް ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށެވެ. ހަނިމާދޫން އިންޑިއާގެ ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކީ ރޭގަނޑު ކުރާ ދަތުރުތަކަކަށް ވާތީ، އެ ދަތުރުތައް މިކަމުގެ ސަބަބުން މުޅީން ހުއްޓޭނެ އެވެ.

މާޗު އެކެއްގެ ފަހުން ހަނިމާދުއަށް ނުވަތަ ހަނިމާދޫން އެހެން ތަނަކަށް ރޭގަނޑު ދަތުރުކުރާ ގޮތަށް ޓީކެޓު ނަގާފައިވާ ފަރާތެއްވާނަމަ މޯލްޑިވިއަންގެ ކޯލް ސެންޓަރަށް ގުޅުއްވުމުން ، އެ ޓިކެޓަކާ ގުޅޭ ކަންކަތައްތައް ހަމަޖެހޭނެ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.

 

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް އަލުން ތަރައްގީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށީ މިމަހުގެ 18 ވަނަދުވަހު އެވެ. އިންޑިއާއިން ނެގި 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއަކުން ކުރިއަށްގެންދާ 2.1 ބިލިއަން ރުފިޔާގެ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖްކްޓްސްއާ އެވެ. އެ މަޝްރޫއުގެ ދަށުން ހަނިމާދޫގެ ރަންވޭ 2،400 މީޓަރަށް ބޮޑުކޮށް، އެންމެ ބޮޑެތި މަތިންދާބޯޓް ޖެއްސޭ ވަރަށް ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *