logo minivan

English

ހޮނިހިރު, 27 ޖުލައި 2024
Rooftop Solar Installation --- Photo : Stelco

މާފުށީ ގައި 24 ގަޑި އިރުވެސް ސޯލާ ހަކަތައިން ކަރަންޓް ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގަނީ

އިރުގެ އަވިން ހަކަތަ އުފައްދައިގެން މުޅި ރަށަށް ކަރަންޓު ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއްް މާފުށީގައި ހިންގަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފި އެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ސްޓެލްކޯއިން ކ. މާފުށީގައި ހިންގަން ރާވާފައިވާ މި ޕައިލެޓް ޕްރޮޖެކްޓް ކުރިއަށް އޮތް ދެމަހެއްގެ ތެރޭގަ ފަށާނެކަމުގައެވެ. 

" އެ ޕްރޮޖެކްޓަކީ 24 ގަޑި އިރު މާފުށި ސައިލެންޓްކޮށް އޮތުން. މާނައަކީ 24 ގަޑި އިރު ސޯލާގެ ބޭނުންކޮށްގެން ބަލާނީ ކިހާވަރެއްގެ އިންޕެކްޓެއް އައިސްގެންތޯ ޓެރިފް ކުޑަކުރެވޭނީ " ޝަރީފް ވިދާޅުވިއެވެ.

މާފުށީގައި އެ ޕްރޮޖެކްޓް ހިންގަން  ނިންމީ ޝަރީފު ވިދާޅުވި ގޮތުގައި މާފުށްޓަކީ މާލެ ފިޔަވައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ އެއްރަށް ކަމަށް ވާތީ އެވެ. މާފުށިގެ އިތުރުން އެހެން ބައެއް  ރަށްރަށުގައި ވެސް އެފަދަ ޕްރޮޖެކްޓްތައް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ ދުވާލުގަޑީގައި އިންޖީނު ނިވާލެވޭ މިންވަރަށް ސޯލާ ޖަހާލެވޭނެކަމަށް އެނާޖީ މިނިސްޓަރު އާމިނަތު ޝައުނާ އިއުލާން ކުރައްވަފައިވާތީ،  ސޯލާ ބޭނުންކޮށްގެން ކަރަންޓު އުފެއްދެނީ ކިހާމިންވަރަކަށްތޯ ބަލަން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ. 

ރ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސަރުކާރުން އިއްޔެ ސޮއިކޮށްފައި ވާއިރު، އެ ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 6.35 މެގަވޮޓްގެ ކަރަންޓް އަވިން އުފެއްދޭނެ ނިޒާމު ގާއިމްކުރާނެ އެވެ. ރާއްޖެ 2023 ގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހަދަން ސަރުކާރުން ގިނަ މަަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝައުނާ އިއްޔެ ވިދާޅުވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *