logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ފެލިދޫ އަދި ކެޔޮދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސާސް-އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި

ވ. ފެލިދޫ އަދި ކެޔޮދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަރް ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ސަރުކާރުން ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީ ގައި ބޭއްވި ރަސްމިޔާތެއްގައި ސާސް-އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ވ. ފެލިދޫ އާއި ކެޔޮދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ސާސް-އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 33.7 މިލިއަން ރުފިޔާގެ އަގަށް 450 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރައްރަށުގެ ގޮނޑުދޮއްތައް ގިރުމުގެ މައްސަލަ އަކީ ވަރަށް ބޮޑުވެފައިވާ މަސައްލައެކެވެ. މިމައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުންނާއި ބައެއް ސަރުކާރުގެ ކުންފުނިތަކުން އަންނަނީ ރަށްރަށުގެ ގޮނޑުދޮއްތައް ހިމާޔަތް ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ތޮށިލުމާއި، ގިރާ ސަރަހައްދުގައި ވެލިބަސްތާ އަދި ބޮޑު ހިލަ އަތުރައިގެ ގިރުން ކޮންޑްރޯލް ކުރުން ހިމެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *