logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ކެޔޮދޫ މިސްކިތް___ ފޮޓޯ: އެލިއާ

ކެޔޮދޫ މިސްކިތަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި

ވ. ކެޔޮދޫ މިސްކިތްތަކުގެ ހަތިމުތައް ވީދައި، މިސްކިތަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއ،ި އެ މީހާގެ ބަންދާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ފުރަތަމަ ގެއްލުން ދިނީ މިސްކިތުގައި ހުރި މުސްހަފުތަކަށެވެ. އަދި އެޔަށްފަހު އާދިއްތަ ދުވަހުގެ ރޭ އެމީހާ ވަނީ މިސްކިތުގެ މައި ދޮރުގެ ބިއްލޫރިގަނޑު ވެސް ތަޅާލާފައެވެ.

ހައްޔަރުކުރި މީހާ ވަނީ މިސްކިތުގައި ހުރި 20 މުސްހަފެއް ވީދާލާފައެވެ. އަދި މީގެ ކުރިންވެސް ކެޔޮދޫ މިސްކިތުގައި ހުރި މުސްހަފު ތަކުގެ ތެރެއިން 10 މުސްހަފެއްވަނީ މިދިޔަ އޮކްޓޯބަރު މަހު ވީދާލާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *