logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރިޔާސީ އިންތިހާބަށް ތައްޔާރުވާން އިދިކޮޅުން މިއަދު ބޮޑު ކޮންފަރެންސެއް ފަށަނީ

ރިޔާސީ އިންތިހާބަށް ތައްޔާރުވުން ހިމެނޭ ގޮތުން ގިނަ ކަންތައްްތަކެއް އެޖެންޑާކޮށް، "ހޯޕް ކޮންފަރެންސް"ގެ ނަމުގައި އިދިކޮޅު ޕީޕީއެމްޕީއެންސީ ކޯލިޝަނުން މިއަދު ބޮޑު ހަރަކާތެއް ފަށަން ތައްޔާރުވެއްޖެ އެވެ.

މިއަދުން ފެށިގެން ދެދުވަހަށް ކުރިޔަށް ގެންދާ އެ ކޮންފަރެސްގެ ބައެއްގެ ގޮތުގައި "ބުންވަރު" ހިނގާލުމުގެ ނަމުގައި  ހުކުރު ދުވަހު ހަވީރު މަގުމަތީގެ އެއްވުމެއްް ބާއްވާނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ. މިއަދު 13:30 ގައި ދަރުބާރުގޭގައި ފަށާ އެ ކޮންފަރެންސްގައި ޕީޕީއެމް އާއި ޕީއެންސީގެ 1000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާކަމަށް އެ ކޯލިޝަނުން ބުންޏެވެ.

ޕީޕީއެމުން ބުނި ގޮތުގައި ރައީސް ޔާމީނާއި، ކޯލިޝަނުގެ ތަސައްވުރާއި ބެހޭގޮތުންނާއި ރާއްޖޭގެ އިޖުތިމާއީ ހާލަތާއި ބެހޭގޮތުން މަޝްވަރާކުރާނެއެވެ.

މި ކޮންފަރެންސްގައި އިދިކޮޅު ކޯލިޝަނުން، ރިޔާސީ އިންތިހާބަށް ތައްޔާރުމުވަށްޓަކާ ކުރަންޖެހޭ ކަންތައްތައް ކުރުން ވެސް ހިމެނެއެވެ.

ކޮންފަރެންްސްގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 20:30 ގައި އާޓިފިޝަލް ބީޗްގައެވެ. މިކޮންފަރެންސްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި އަތޮޅުތަކުން ދާއިރާތަކުގެ މަންދޫބުން އައިސްފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *