logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ވިލިމާލޭގައި އާރްޓީއެލް ބަހުގެ ހިދުމަތަށް ނަގާނީ 5 ރުފިޔާ

ވިލިމާލޭގައި އާރްޓީއެލް ބަހުގެ ހިދުމަތަށް ނަގާނީ ފަސް ރުފިޔާ ކަމަށް އެމްޓީސީސީން މިއދު ބުނެފި އެވެ.

އެމްޓީސީސީ މިއަދު ކުރި އިއުލާނެއްގައި ބުނީ ވިލިމާލޭގައި ދެމުންގެންދާ ބަހުގެ ހިދުމަތުގެ ޓްރައިލް ޕީރިއަޑް ނިމި، މާދަމާއިން ފެށިގެން އެހިދުމަތަށް އަގުނަގަން ފަށަން  ހަމަޖެހިފައިވާ ކަމަށެވެ.  އެ އިއުލާނުުގައިވާ ގޮތުން ބަހުގެ ހިދުމަތަށް ފައިސާ ދެއްކޭނެ 3 ގޮތެއް އޮވެ އެވެ. އެއް ގޮތަކީ އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔު.އާރް ޓިކެޓް ނެގުމެވެ. އަނެއް ގޮތަކީ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑް މެދުވެރިކޮށް ފައިސާ ދެއްކުމެވެ.  އޭގެ އިތުރުން ބަސްތަކުން ކަރުދާސް ޓިކެޓް ވެސް ވިއްކާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ބަހުން އަގު ނަގަން ފެށިކަމަށް ވިޔަސް 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދެއްކުމުން ބަހުގެ ހިދުމަތް ހިލޭ ލިބޭނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާއްތަކުން ނޭޝަނަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުންވެސް ހިލޭ ދަތުރު ކުރެވޭނެ ކަމުގައި އެކުންފުނިން ބުނެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *