logo minivan

English

ހޮނިހިރު, 27 ޖުލައި 2024
Kudagiri picnic island --- Photo : HDC

މިމަހު 11 ގައި ކުޑަގިރި ޕިކްނިކް އައިލެނޑް ހުޅުވަނީ

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ތަރައްގީކުރި ކ. ކުޑަގިރި މި މަހުގެ 11 ވަނަ ދުވަހު ހުޅުވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ކުޑަގިރި ހުޅުވާނީ މިމަހުގެ 11 ގައި ކަމަށެވެ.

ކުޑަގިރި ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ. ސަރުކާރުން އޭރު ނިންމާފައި އޮތީ، މިދިޔަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް އެ ރަށް ރަސްމީކޮށް ހުޅުވާށެވެ. އެކަމަކު އެ ތާރީހާ ހަމަޔަށް އެ ރަށުގެ މަސައްކަތްތައް ނުނިމުމުން ސަރުކާރުން އޮތީ އެ ރަށް ހުޅުވުން ވަކި މުއްދަތެއް ކަޑަނާޅައެވެ.

މިހާރު ކުޑަގިރި މުޅިން ނިމިފައިވާއިރު އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް އެ ރަށުގައި ވަނީ ގާއިމުކޮށްފަ އެވެ.

އެ ގޮތުން ކުޑަގިރިއަށް ޕިކްނިކަށްދާ މީހުންނަށް ކޮންމެހެން ބޭނުންވާނެ އަސާސީ ހިދުމަތްތައް ކަމަށްވާ ފާހަނާ، ޗޭންޖިން ރޫމް އަދި ނާސިން ރޫމްވެސް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ އިތުރުން މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއެއްވެސް ގާއިމުކޮށްފައިވެ އެވެ.

އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކުޑަރިގީގައި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެއެވެ.

ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފުލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު އޮންނާނެ އެވެ.

މާލެއިން ފުރައިގެން ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ތެރޭގައި ދެވޭ މިރަށަށް ދަތުރުދާން ބޭނުންވާ މީހުންނަށް ދަތުރުކުރުމަށް ބޭނުންވާ އިންތިޒާމުތައް ވެސް އެޗްޑީސީން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން މާލެއިން ނުވަތަ ހުޅުމާލެއިން ޓިކެޓް ނަގައިގެން ދެވޭނެ އިންތިޒާމް ހަމަޖައްސާނެއެވެ. 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *