logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމް ޤާއިމްކުރުމަށް ސްވިމިންގ އެސޯސިއޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމުގެ މަސައްކަތް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ހަވާލު ކޮށްފިއެވެ.

ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމްދު ނާސިހް ރަޝީދެވެ. އަދި ސްވިމިން އެސޯސިއޭޝަން ގެ ފަރާތުން ސޮިކުރެއްވީ އެސޯސިއޭޝަންގެ ނައީބު ރައީން އިސްމާއިލް އަލީއެވެ.

އެ މަސައްކަތުގެ ދަށުން ހދ. ހަނިމާދޫ، ހއ. ހޯރަފުއްޓާއި އަޑޫ ސިޓީ މަރަދޫ ފޭދޫގެ އިތުރުން ގއ. ވިލިގިލީގައި ސްވިމިންގ ޕްލެޓްފޯމް ގާއިމް ކުރެވިގެންދާނެއެވެ.

އެ މަސައްކަތް ސްވިމިންގ އެސޯސިއޭޝަން އާ ހަވާލު ކޮށްފައިވަނީ، ގއ.ވިލިގިލީގެ މަސައްކަތަށް 1.40 މިލިއަން ރުފިޔާ، ހދ. ހަނިމާދޫ އާއި ، ހއ.ހޯރަފުށީގެ މަސަކައްކަތަށް 1.32 މިލިއަން ރުފިޔާ، އަދި  އައްޑޫ ސިޓީ މަރަދޫ ފޭދޫގެ މަސައްކަތަށް 1.72 މިލިއަން ރުފިޔާގެ އަގަށް ސްވިމިންގ އެސޯސިއޭޝަނަށް ފައިސާ ލިބޭ ދުވަހުން ފެށިގެން 75 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަނޑައަޅާފައެވެ.

ރާއްޖޭގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާއި ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އެއް އަމާޒެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *