logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ދިވެހިރާއްޖެއަށް "އައިސީޓީ" ޤާނޫނެއް މުހިންމު!

އައިސީޓީ އަކީ ކޮބާ؟ އައިސީޓީ “އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް” އަކީ ޓެލެކޮމިއުނިކޭޝަން މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދޭ ޓެކްނޮލޮޖީއަށެވެ. އެއީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) އާއި އެއްގޮތް ނަމަވެސް މުވާސަލާތީ ޓެކްނޮލޮޖީތަކަށް ފޯކަސް ކުރާ އެއްޗެކެވެ. މީގެ ތެރޭގައި އިންޓަނެޓް، ވައިލެސް ނެޓްވޯކް، ސެލްފޯން، އަދި އެހެނިހެން މުވާސަލާތީ ވަސީލަތްތައް ހިމެނެއެވެ.‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬

އައިސީޓީ ބޭނުންކުރުމުން ގިނަ ފައިދާތަކެއް ލިބުނު ނަމަވެސް، ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުން ވެސް ނޭދެވޭ އަސަރުތަކެއް ކުރެވެ އެވެ. އަޅުގަނޑުމެން އެންމެންވެސް ޑިޖިޓަލް ނުރައްކާތަކުން ރައްކާތެރިވެވޭނެ ގޮތްތަކަށް ސަމާލުވާންޖެހެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ އެންމެންގެ ވެސް ދައުރަކަށް ވާންޖެހެއެވެ. ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި އަޅުގަނޑުމެން ސަމާލުވާން ޖެހޭ އެތައް ނުރައްކާތަކެއް އެބަހުރި. މީގެ ތެރޭގައި :

1. ނަސްލީ ތަފާތުކުރުމާއި ގުޅުންހުރި އަނިޔާވެރިކަން ހިމެނޭ ގޮތަށް ހުންނަކޮންޓެންތައް.

2. ނަފްރަތު އުފެދޭ ސައިޓްތައް ހިމެނޭ ގޮތަށް ހުންނަ ލައިފްސްޓައިލް ވެބްސައިޓްތައް.

3. ހުރިހާ ގޮތަކުން ސައިބަރ ބުލީކުރުން

4. ޒާތީ މައުލޫމާތު ހާމަކުރުން ހިމެނޭ ގޮތަށް ޕްރައިވެސީގެ މައްސަލަ.

5. ޞިއްޙަތާއި ދުޅަހެޔޮކަން (އޮންލައިންކޮށް ހޭދަކުރާ ވަގުތު، އިންޓަރނެޓް ގޭމިންގ އަދި އެތައް ކަމެއް)؛

6. ކުޑައިރުއްސުރެ އޮންލައިން ޓެކްނޮލޮޖީތަކަށް ޝައުގުވެރިކަން އުފެދުން

7. އޮންލައިން ގޭމިންގ އަށް އެޑިކްޓްވުން.

8. ފިޝިންގ ފަދަ ހަރަކާތްތަކުން ވައްކަމާއި މަކަރާއި ހީލަތް ހެދުން.

9. ވައިރަސް، ޓްރޯޖަން އަދި ސްޕައިވެއާ އަދި އެހެނިހެން މެލްވޭއާ؛ އަދި

10. އޮންލައިން ނެޓްވޯކްތައް މެދުވެރިކޮށް މެސެޖްކުރުމާއި ސޯޝަލް ނެޓްވޯކިންގެ ދެމެހެއްޓުމަށް ޕްރެޝަރ އައުން.

11. ނަފްރަތު އުފެދޭ ވާހަކަތަކާއި، ގޯސް މަޢުލޫމާތާއި، ދޮގު މަޢުލޫމާތު’ ފެތުރުން

އަދިވެސް މިނޫން އެތައްކަމަކުން އިންޓަރގެ ޒަރިއްޔާއިން ދިމާވެދާނެ މައްސަލަތައް ވިސްނާ އެކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހެއެވެ.

ރާއްޖޭގައި އައިސީޓީއަށް ވަކި ސިޔާސަތެއް ނުވަތަ ގާނޫނެއް ނެތެވެ. ސޮސައިޓީ ފޯ ޕީސް އެންޑް ޑިމޮކްރަސީ އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި ޑިޖިޓަލް ރައްކާތެރިކަމަށް އަހުލުވެރިވުމުގެ ދަތިކަން އެބައޮތެވެ. ޑިޖިޓަލް ސޭފްޓީއަށް ލިބެން ހުރި ވަސީލަތްތަކާ މެދު ވިސްނުމުގެ ދަތިކަމާއި ތަމްރީނުތަކުގެ ފުރުސަތުތައް ނެތުމުގެ މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ. ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ފަރާތްތަކަށް ބުލީ ކުރުމާއި ބްލެކް މެއިލް ކުރުމާއި މަރުގެ އިންޒާރު ދިނުމާއި ނަފްރަތު އުފެދޭ ވާހަކަތައް އަމާޒުވެއެވެ.

ރައްކާތެރިކަމާއި އެކު އޮންލައިން ފޯރުކޮށްދިނުމަކީ މަދަނީ ޖަމިއްޔާތަކަށާއި ފަރުދުންނަށް ވެސް މުހިންމު ކަމެކެވެ. ގާނޫނީ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ޒިންމާދާރު ކުރުމަކީ، ގަބޫލުކުރެވޭ ގޮތުގައި އަމިއްލަ ނަފްސާއި އެހެން މީހުން ރައްކާތެރިކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުތަކުން ގަވާއިދާ ހިލާފު ކޮންޓެންޓާއި ގާނޫނީގޮތުން ނަމަވެސް ގެއްލުން ލިބިދާނެ ކޮންޓެންޓް ތަފާތުކޮށް، ރެގިއުލޭޓަރީ ފިޔަވަޅުތައް ހަރުދަނާ ކޮށް،ގާނޫނާއި ސިޔާސަތަށް އިހުތިރާމްކުރުމާއި ކަށަވަރުކޮށް، ޔޫޒަރުންގެ ހުރިހާ ހައްގުތަކެއް ހިމާޔަތްކުރަން ޖެހެއެވެ.

ސަޕޯޓިވް އޮންލައިން ސާވިސް ޕްރޮވައިޑަރުން އިންސާނީ ހައްގުތަކުގެ ޒިންމާތަކަށް އިހުތިރާމް ކޮށް، އެކަންކަން ޔަގީން ކުރުމަށް ސިޔާސަތުތައް އެކުލަވާލައި، ރައްކާތެރިކަމާއެކު އެހެން އޮންލައިން ސާވިސް ޕްރޮވައިޑަރުންނާ ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ.

މުވާސަލާތީ ޚިދުމަތްތަކުން ނަގާ ޗާޖު އަގުހެޔޮ އަދި ތަފާތު ނުކޮށް ފޯރުކޮށްދީ، ޓެލެކޮމް އިންފްރާސްޓްރަކްޗާ ފުޅާކޮށް ތަރައްގީކޮށް، އޮޓޮނޮމިކް ރެގިއުލޭޓަރީ އޮތޯރިޓީއެއް ގާއިމްކޮށް، ޓެލެކޮމިއުނިކޭޝަން އަދި އައިސީޓީ ދާއިރާ ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ދިވެހިރާއްޖޭން ވެސް ވަނީ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ހޯދާފައެވެ. ނަމަވެސް އައިސީޓީއާ ބެހޭ ގޮތުން ރާއްޖޭގައި ވަކި ސިޔާސަތެއް ނުވަތަ ގާނޫނެއް ނެތްކަން ފާހަގަކުރުން މުހިންމެވެ.

މޯލްޑިވްސް ޓެލެކޮމިއުނިކޭޝަން ޕޮލިސީ 2006، ދަ މޯލްޑިވްސް ޓެލެކޮމިއުނިކޭޝަން އެކްޓް (2015)، ކޮމިއުނިކޭޝަންސް އޮތޯރިޓީ އެކްޓް (2015)، ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019، އަދި ޑްރާފްޓް ސައިބަރކްރައިމް އެކްޓް 2022 އަކީޓެލެކޮމިއުނިކޭޝަން، ކޮމިއުނިކޭޝަން، އަދި ސްޓްރެޓެޖިކް އާއި ގުޅޭ ސިޔާސަތުތަކާއި އެކްޝަން ޕްލޭންތަކެވެނަމަވެސް މިސިޔާސަތުތައް ޑިޖިޓަލް ހައްގުތަކާއި މަދަނީ ޖަމިއްޔާތަކަށް ލިބެންޖެހޭ ސަމާލުކަން ނުދިނުމާއި، މިހާރުއައިސީޓީގައި ހުރި ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ސަމާލުކަން ނުދިނުމާއި، އައިސީޓީ ދާއިރާގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގާބިލްކަން ކުޑަވުން ފަދަ ފަރަގުތައް މި ޕޮލިސީ ތަކުގައި ހުރިކަން ފާހަގަ ކުރެވެއެވެ.

އެހެންކަމުން ވަކި ހާއްސަ ICT ޤާނޫނެއް ނުވަތަ ސިޔާސަތެއް ރާއްޖެއަށް ވަރަށް މުހިއްމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *