logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މިއަހަރުގެ ފުރަތަމަ މަހު ފަތުރުވެރިކަމަށް 30 ޕަސެންޓްގެ ކުރިއެރުމެއް

 މިދިޔަ ޖެނުއަރީ މަސް ނިމުނު އިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފެބްރުއަރީ ފުރަތަމަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ މަހާ އަޅާބަލާއިރު %30 އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 136،146 ފަތުރުވެރިންނެވެ. 2021ވަނަ އަހަރުގެ އެ މުއްދަތުގައި 94،261 ފަތުރުވެރިންނެވެ.

ހިސާބުތައް ދައްކާ ގޮތުން މިހާރު ދުވާލަކު އެވްރެޖުކޮށް 5،566 ފަތުރުވެރިން ރާއްޖެ އާދެއެވެ. އެވަރެޖްކޮށް ފަތުރުވެރިން 8.1 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ. ޓޫރިސްޓުންނަށް ހިދުމަތް ދޭ 1،218 ތަން ހިންގާ އިރު ޖުމްލަ 59،840 އެނދުހުރެއެވެ. 

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ރަޝިއާއިންނެވެ. އެގައުމުން 24،154 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އިންޑިއާއިން 19،390 ފަތުރުވެރިން އައިއިރު އިޓަލީ އިން 17،159 ފަތުރުވެރިން ރާއްޖެ އައެވެ. އިނގިރޭސިވިލާތުން 15،367 ފަތުރުވެރިން ރާއްޖެ އައިއިރު ޖަރުމަނުން އައީ 10،897 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް 36 އެއާލައިނަކުން ރާއްޖެއަށް ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް ކުރެ އެވެ.

ދާދި ފަހުން ޗައިނާ އިން ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައިވާ އިރު މިހާރު ޗައިނާ ހިމެނެނީ ނުވަ ވަނަ އަށް އެންމެގިނައިން ފަތުރުވެރިން އަންނަގައުމުކަމުގައެވެ.  ކޮވިޑްގެ ކުރިން ޗައިނާއަކީ އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައި ގައުމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *