މިރޭ މާލޭގައި ހަވާއަރުވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ހަވާ އަރުވާނީ މިރޭ 21:30 ގައި ސޯލްޓް ރެސްޓޯރެންޓް ކުރިމަތިން މޫދުގައި ކަމުގައި އެމްއެންޑީއެފް އިން ބުންޏެވެ. ހަވާ އެރުވުމަށް ހަަމަޖެހިފައިވަނީ ތިން މިނިޓް ވަންދެނެވެ.
މިއީ އަމިއްލަ ފަރާތަކުން ކުރިއަށްގެންދާ އިވެެންޓެކެވެ.
އެންމެ ފަހުން ހަވާ އަރުވާފައިވަނީ އާ އަހަރާ ދިމާކޮށް ހުޅުމާލޭގައެެވެ. އެމަންޒަރު ބަލަން ގިނަ ބަޔަކު ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދަށް އެއްވިއެވެ. ހަވާ އަރުވާ މަންޒަރު ބެލުމަކީ ރާއްޖެއާއި އެހެން ގައުމުތަކުގައި ވެސް ގިނަ ބަޔަކު ވަރަށް ކުރާ ހިތްވާ ކަމެކެވެ.
މީގެ ކުރިން ރާއްޖޭގައި އާއްމުކޮށް ހަވާ އަރުވަނީ ދައުލަތުން ފާހަގަކުރާ ބޮޑެތި މުނާސަބާތަކާ ގުޅުވައިގެން ކަމަށް ވިޔަސް، ވިޔަފާރި އުސޫލުން އާއްމުންނަށް ވެސް މިހާރު އެ ހިދުމަތް ދެ އެވެ.