logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

އެފްއެސްއެމްއިން ފެލިވަރުގައި މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި

ފިއުލް ސަޕްލައި މޯލްޑިވްސްއިން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ތެލުގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

މަސްވެރިންނަށް މިފްކޯގެ ސައިޓުތަކުގައި ތެލުގެ ހިދުމަތް ދިނުމަށް އެފްއެސްއެމްއާއި ހަވާލުކޮށްފައި ވަނީ މިދިޔަމަހު ތިންވަނަ ދުވަހު އެވެ. މިއެއްބަސް ވުމުގެ ދަށުން ގއ. ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްގައި މިހިދުމަތް އެފްއެސްއެމް އިން ދޭން ފަށާފައި ވަނީ މިދިމަހުގެ 3 ވަނަ ދުވަހުއެވެ. އަދި ފެލިވަރު ފިޝަރީސް ކޮންޕްލެޒްގައި މަސްވެރިންނަށް މިހިދުމަތް މިމަހު 2 ވަނަ ދުވަހު ވަނީ ދޭންފަށާފައެވެ.

މި އެއްބަސްވުމުގެ ދަށުން ކްރެޑިޓަށް މަސްވެރިންނަށް ތެޔޮ ލިބިގެންދާނެއެވެ. މިފްކޯއާއި އެފްއެސްއެމް އަކީ އެސްޓީއޯގެ ދަށުން ހިނގަމުންއަންނަ ވަކި ދެ ކުންފުންޏެކެވެ. މިފްކޯގެ ސައިޓްތަކުގައި އެފްއެސްއެމްއިން ތެޔޮ ވިއްކަން ފެށުމުން މަސްވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. އެގޮތުން މަސއވެރިންނަށް ހެޔޮއަގުގައި ފަސޭހަ ކަމާއެކު ތެޔޮ އެޅުމުގެ ފުރުޞަތު މަސްވެރިންނަށް ފަހުވުމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *