logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ރިޔާސީ ބަޔާން އިއްވުން މާދަމާ

ރައްޔިތުން މަޖިލިސްގެ މިއަހަރަށް ހުޅުވައި މަޖްލިސްގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ  ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން މާދަމާ ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ތާވަލު ކޮށްފައިވާ ގޮތުގަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފަށާނީ މާދަމާގެ ހެނދުނު 9:00 ޖަހާއިރުއެވެ. 

މިއީ ރައީލުސް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް ވަނަ ރިޔާސީ ބަޔާނެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާނެ އެވެ.

ރިޔާސީ ބަޔާނުގައި، އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާނެ ކަންކަމާ ގުޅޭ މައުލޫމާތު ރައީސް ދެއްވާނެއެވެ.

މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުން ފިޔަވާ އިތުރު ކަމެއް ނޯންނާނެ އެވެ. ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީން ޖަވާބު ދިނުން ވެސް އޮންނާނެ އެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *