logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ދެން ބޭނުންކުރާނީ ޑިޖިޓަލް ލައިސަންސް

މިއަދުން ފެށިގެން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދޫކުރާ ލައިސަންސް، ޑިޖިޓަލްކޮށް ދޫކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރިއިން ނިންމައިފިއެވެ. 

ލައިސަންސް ކާޑުގެ ބަދަލުގައި ދެން ދޭނީ ކިއުއާރުކޯޑެކެވެ. އަދި ބޭނުން ނަމަ އެމީހަކު އަމިއްލައަށް އެ ކިއުއާރުކޯޑް ޕްރިންޓް ކޮށްގެން ގެންގުޅެވޭނެއެވެ.

ފުލުހުންގެ މޯބައިލް އެޕްލިކޭޝަން "ޕޮލިސް އެމްވީ"އިން އުޅަނދުތައް ދުއްވުމަށް ބޭނުންވާ ޑިޖިޓަލް ލައިސަންސް ފެންނާނެއެވެ.

އަދި މުއްދަތު ހަމަނުވާ ކޮންމެ ލައިސަންސެއް ފުލުހުން ބަލައިގަންނާނެ ކަމަށް ޓްރާންސްޕޯޓްއިން ބުނެއެވެ.

އާ ސޮފްޓްވެއާ ތައާރަފުކޮށް ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ފެށުމުގެ ގޮތުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީން ލައިސަންސާ ބެހޭ ހިދުމަތްތައް މެދުކަނޑާލާފައިވީ ނަމަވެސް މިހާރު ވަނީ ހިދުމަތްތައް އަލުން ފަށާފަ އެވެ.

އަންނަ މަހުން ފެށިގެން ކަނޑުގައި ދުއްވާ އުޅަނދުތަކުގެ ލައިސަންސް ވެސް ޑިޖިޓަލް ކުރާނެކަމަށް ޓްރާންސްޕޯޓްމިނިސްޓްރިއިން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިއީ ކޮން އިރަކުން ފެށިގެން ހިނގާ ކިހާ ދުވަހެއްވީ މަސައްކަތެއްކަންވެސް އިޢުލާނު ކޮށްލިނަމަ ރަނގަޅުދޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *