logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހިޔާ ފްލެޓް ތަކުގެ ސީސީޓީވީ ފުޓޭޖް ފުލުންނަށްވެސް ބެލޭގޮތް ހަދަނީ

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހުޅުމާލެ ހިޔާ ޓަވަރުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތައް ފުލުހުންނަށް ބެލޭނެގޮތް ހެދުމަށް އެމްއޯޔޫ އެއްގައި މިއަދު ސޮއި ކޮށްފިއެވެ.

އެޗްޑީސީގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، ކެމެރާތަކުގެ ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެއްބަސްވެފައެވެ. އެޗްޑީސީން ނިންމާފައިވާ ގޮތުގައި 16 ޓަވަރުގެ ކެމެރާ ފީޑްވެސް ފުލުހުންނާއި ހިއްސާ ކުރެވޭނެއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮއްފައިވަނީ އެޗްޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަ އަހުމަދު އާތިފް އެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއި ކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގެ ހިޔާޕްލެތްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އަމާން ވެއްޓެއް ގާއިމުކުރުމަށް ދިވެހި ފުލުހުންނާ ގުޅިގެން މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަައްސަކީ މިހާުރު 30،000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ތަނެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ