logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ރިޔާސީ ބަޔާން އިއްވެވިޔަ ނުދީ އިދިކޮޅުން ހުރަސް އަޅައިފި

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ ފަށައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަން މަޖިލީހުގެ ރިޔާސަތުން ފުރުސަތު ދިނުމާ އެކު ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން އަޑުގަދަކޮށް، ހުރަސް އަޅައިފި އެވެ.

ރިޔާސީ ބަޔާން އިއްވަވަން މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ފުރުސަތު ދެއްވުމާއި އެކު ރިޔާސަތުގެ ކުރިމައްޗަށް އައިސް އެންމެ ފުރަތަމަ އަޑުގަދަކުރައްވަން ފެށްޓެވީ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމެވެ. ރިޔާސަތުގެ މޭޒު ކުރިމަތީގައި ޖަހާފައިވާ މާގަސްތަކުގެ ތެރެއަށް ވެދެވަޑައިގެން ރައީސްގެ އިސްތިއުފާއަށް ގޮަވައިލައްވައި ޝިޔާމް އަޑުގަދަކުރައްވަން ފެށްޓެވުމުން މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ވެސް ވަޑައިގެން އޭނާއާ ބައިވެރިވެވަޑައިގެންނެވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނަސޭހަތް ދެއްވުމަށް ފަހު އޭނާގެ ނަން އިއްވެވި އެވެ. ނަން އިއްވައި މަޖިލީހުން ނުކުތުމަށް ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމަށް ތަކުރާރުކޮށް އެންގެވުމުން ވެސް ނުކުމެވަޑައިނުގެންނެވުމުން، އޭނާ މަޖިލީހުން ނެރެން ސާޖަންޓް އެޓް އާމްސް އަށް ނަޝީދު އެންގެވި އެވެ.

އެހެން ނަމަވެސް ސާޖަންޓް އެޓް އާމްސް ޝިޔާމު މަޖިލީހުން ނެރުއްވަން މަސައްކަތް ކުރެއްވިތަނެއް ނުފެނެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *