logo minivan

English

ހޮނިހިރު, 27 ޖުލައި 2024
Turkey quake

ތުރުކީއާއި ސޫރިއާއަށް ބާރުގަދަ ބިންހެލުމެއް އައިސް 600 އަށް ވުރެ ގިނަމީހުން މަރުވެއްޖެ

ތުރުކީއާއި އެގައުމާ އިންވެގެން އޮންނަ ސީރިއާއަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި ދެގައުމުން 600 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އަލްޖަޒީރާ ބުނީ ރިކްޓަ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމުގައި ތުރުކީން 284 މީހުން އަދި ސޫރިޔާއިން 384 މީހުން މަރުވެފައިވާ ކަމަށެވެ. ޒަހަމްވީ މީހުންގެ އަދަދު 2،000 އަށް ވުރެ މަތިވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.  ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާންގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ، ބިންހެލުމުގައި އެގައުމުން 1700 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ.

ބިންހެލުމުގައި ފުނޑުފުނޑުވި އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބަޔަކު ތާށިވެފައި ވާނެ ކަމަށް ބެލެވޭ އިރު މަރުވި މީހުންގެ އަދަދު އަތި އެތައް ގުނަ އައަކަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. ކަމާ ބެހޭ މާހިރުން ލަފާކުރާ ގޮތޮަގައި އެހާ ބާރުގަދަ ބިންހެލުމަކަށް ފަހު އަންނަ "އާފްޓަ ޝޮކް" އެތައް ދުވަހެއް ވަންދެން އައުމަކީ އެކަށީގެންވާ ކަމެކެވެ.

ބިން ހެލުން އައުމުގެ ކުރިން ވެސް ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ސުންނާފަތިވެފައިވާ ސޫރިޔާގައި އެހީދޭ ޖަމާއަތްތަކުން ބައިނަލް އަގުވާމީ ނިއުސްއެޖެންސީތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެގައުމުގެ ހޮސްޕިޓަލްތައް ޒަހަމްވީ މީހުންނައިގެން ފުރި، ހިދުމަތްތަކަށް ވަނީ ބުރޫ އަރައިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *