logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024
އިދިކޮޅުން މިއަދު ކުރި މުޒާހަރާ ރޫޅައިލި ވަގުތު ނޫސްވެރިއަކު ވެއްޓިފައި. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން

މުޒާހަރާގައި އަނިޔާވި ނޫސްވެރިޔާ ލަންކާއަށް ފުރުވާލައިފި

އިނދިކޮޅު ޕީޕީއެމް ޕީއެންސީއިން ކުރިޔަށް ގެންދިޔަ މުޒާހަރާ އިން އަނިޔާ ލިބުނު ޗެނަލް 13 ގެ ނޫސްވެރިޔާ އިތުރު ފަރުވާއަށް އަވަށްޓެރި ސްރީލަންކާއަށް ފުރުވާލައިފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު 'މިނިވަން' އަށް ވިދާޅުވީ ޗެނަލް 13 ގެ ނޫސްވެރިޔާ ހަސަން ޝަހީދަށް އިތުރުފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާއިން ބޭނުންވާތީ ލަންކާޔަށް ފުރުވާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝާހިދުގެ ބޮލަށާ ފަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ދާދި ފަހުން ޝާހިދު ވަނީ ސާރޖަރީއެއް ކޮށްފައި ކަމަށާ އެކަމުގެ ސަބަބުން ބަނޑަށާ އުނަގަނޑަށް ވެސް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. އޭނާގެ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން އަދިވެސް ރަނގަޅަށް ހޭނާރާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފައިކަމަށާއި، ޕެޕާ ސްޕްރޭ ޖެހީ އިންޒާރަކާއި ނުލާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ވަގުތު މުޒާހަރާ ކަވަރުކުރަމުން ގެންދިޔަ ނޫސްވެރިންގެ ގަޔަށްވެސް ފުލުހުން  ޕެޕާ ސްޕްރޭ ޖަހި ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ފުލުހުން ޗެނަލް 13 ގެ ދެ ނޫސްވެރިޔަކަށް ބޮޑެތި އަނިޔާތަކެއްދިން ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *