logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހަބަރެއް ނުވެ، ގެއްލިފައިވާ މީހަކު ހޯދަން ފުލުހުން މަސައްކަތް ފަށައިފި އެވެ.

ފުލުހުން ރޭގަ ކުރި ޓްވީޓެއްގައި ބުނީ ސ. މަރަދޫފޭދޫ / ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް (31އ) ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ގެއްލުނު ކަން ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު (ފެބްރުއަރީ ފަސް ވަނަ ދުވަހު) ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާސިރު ދިރިއުޅެމުންއައީ މާލޭގައި ކަމަށާއި އެންމެ ފަހުން އޭނާ ފެނިފައިވަނީ ފެބުރުވަރީ ހަތަރު ވަނަ ދުވަހުގެ 19:30 ހާއިރުކަމަށް އޭނާގެ އާއިލާއާ އާ ހަވާލާދީ ފުލުހުން ބުންޏެވެ. އާއިލާއިން ފުލުހުންނަށް  މައުލޫމާތު ދީފައިވާ ގޮތުން ގެއްލުމުގެ ކުރިން އޭނާ ލައިގެން ހުރިީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެކެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެ އެވެ.

މިމަހުގެ ފުރަތަމަ ދުވަހު އއ. މަތިވެރިން ވެސް ވަނީ މީހަކު ގެއްލިފަ އެވެ. އެރަށުން ގެއްލިގެން ހޯދަނީ އުމުރުން 65 އަހަރުގެ ހަސަން އަލީ (ހަސަންފުޅު) އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *