logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024

މަޖިލީހުގެ ތަޅުމުން މެންބަރު ބޭރުކުރަން އުޅުނީ ސިފައިންނެއްނޫން

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މެމްބަރުން ބޭރުކުރަން ހަރަކާތްތެރިވީ ސިފައިން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވާތީ އެމްއެންޑީއެފުން އެކަން ދޮގުކޮށްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މަޖިލީހުގެ ތަޅުމުން މެމްބަރުން ބޭރުކުރަން އިއްޔެ ހަރަކާތްތެރިވީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުން ކަމަށާއި އެކަމުގައި ގައުމީ ދިފާއީ ބާރުގެ އެހީތެރިކަމަށް އެދިފައި ވެސް ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން އިއްޔެ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަން ފެށްޓެވުމާއި އެކު އެކަމަށް ހުރަސް އަޅަން މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މަސައްކަތް ކުރެއްވި އެވެ. އެ ވަގުތު މަޖިލީހުގެ ރިޔާސަތުގެ މޭޒު ކުރިމައްޗަށް ވަޑައިގެން އަޑުގަދަކުރެއްވި މެމްބަރުންގެ ނަން އިއްވައި މަޖިލީހުން ނުކުމެ ވަޑައިގަންނަން ރިޔާސަތުން އެންގެވި އެވެ.  އެހެން ނަމަވެސް އެ މެމްބަރުން ނުކުމެވަޑައި ނުގެންނެވުމުން ގަދަކަމުން މެމްބަރުން ތަޅުމުން ނެރެން މަސައްކަތް ކުރި އިރު އެކަމުގައި އުޅުއްވީ އަންހެން ބޭފުޅުންނެވެ.

އެގޮތަށް ފިރިހެން މެމްބަރުން ގަދަކަމުން ތަޅުމުން ނެރުމުގެ މަސައްކަތް އަންހެން ބޭފުޅުންނާ ހަވާލުކުރުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެކަމުގައި ހަރަކާތްތެެރިވީ ސިފައިން ނޫންކަން އެމްއެންޑީއެފުން ސާފުކޮށްދިނީ އެހެންވެ ކަމަށް ބެލެވެ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *